ނ. މަގޫދޫގައި ފެނަކަ ކޯޕަރޭޝަމުން އެޅި އާ އިންޖީނުގެ ހުޅުވައިފިއެވެ.
މިއަދު މަގޫދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އިންޖީނުގެ ހުޅުއްވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ. އެ މަނިކުފާނު މި އިންޖީނުގެ ހުޅުއްވައިދެއްވީ މިހާރު ނ. އަތޮޅަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައެވެ.
އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެ ރަށުގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އާ އިންޖީނުގެއާއެކު ހައްލު ލިބޭނެ ކަމަށެވެ.
ފެނަކައިން މަގޫދޫގެ އާ އިންޖީނުގެ އަޅާފައިވަނީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ރައްޔިތުންނަށް ދަތިނުވާ ސަރަހައްދެއްގައެވެ. ގިނަ ރަށްތަކެއްގެ އިންޖީނުގެ މިހާރު އަންނަނީ މިގޮތަށް ބަދަލު ކުރަމުންނެވެ.
މި އިންޖީނުގެއަކީ 400 ކިލޯވޮޓްގެ އިންޖީނުގެއެކެވެ.
ފެނަކައިން އަންނަނީ ރާއްޖޭގެ 150 ރަށެއްގައި ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!