ބަރމިންގހަމް ކޮމަންވެލްތް ގޭމްސްގައި ބޭނުންކުރާ ދަންމަރު (ބަރމިންގހަމް 2022- ކްއީންސް ބެޓްން) މިއަދު ހދ. ނޮޅިވަރަމަށް ވެސް ގެންގޮސްފިއެވެ.

ފުރަތަމަ މި ދަންމަރު ގެންދިޔައީ ނޮޅިވަރަންފަރަށެވެ. އެއަށްފަހު މިއަދު ހަވީރު ހަތަރެއް ޖަހާކަށްހާއިރު މި ދަންމަރު ވަނީ ނޮޅިވަރަމަށް ގެންގޮސްފައެވެ.

Ad
rt

ކޮމަންވެލްތު ގޭމްސްގެ ދަންމަރު ހިފައިގެން އެރަށުގައި ކުރިއަށް ގެންދިޔަ ދުވުން ފެށީ އެ ރަށުގެ ބަނދަރުންނެވެ. އެ ދުވުން ނިންމާލީ އެރަށުގެ ސިއްހީ މަރުކަޒު ކައިރިއަށެވެ.

ދަންމަރު ހިފައިގެން ދަތުރުކުރާ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ޓީމް ނޮޅިވަރަމުން ފުރީ ހައެއްޖަހާކަށް ހާއިރުއެވެ.

މި ދަންމަރު ދެން ގެންދާނީ ހއ. ދިއްދޫ އަށެވެ. ދަންމަރަށް މަރުޙަބާ ކިޔުމަށް ދިއްދޫ ވަނީ ވަރަށް ބޮޑަށް ތައްޔާރު ވެފައެވެ.

ރާއްޖެއަށް މި ދަންމަރު ގެނެސް، ރަސްމީކޮށް މަރުޙަބާ ކިޔާފައިވަނީ މިދިޔަ ޑިސެމްބަރު 29 ވަނަ ދުވަހުއެވެ.

ކޮމަންވެލްތު ގޭމްސްގެ ދަންމަރަށް ނޮޅިވަރަންފަރުން ހޫނު މަރުޙަބާއެއް

ކޮމަންވެލްތް ގޭމްސްގެ ކްއީންސް ބެޓަން ރިލޭ ފަށާފައި ވަނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިނގިރޭސި ވިލާތުންނެވެ. އެއަށްފަހު، ކްއީންސް ބެޓަންގެ ތާރީޚީ ދަތުރުގައި، 294 ދުވަހުގެ ތެރޭގައި ކޮމަންވެލްތްގެ 72 ޤައުމަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުން ރަމްޒުކޮށްދެނީ އުންމީދާއި، އެއްބައިވަންތަކަމާއި، ކޮމަންވެލްތްގެ އެއްޤައުމު އަނެއް ޤައުމާއިއެކު އޮންނަ ގުޅުމެވެ.

މި ގޭމްސް 28 ޖުލައި 2022 އިން 08 އޯގަސްޓް 2022 ގެ ނިޔަލަށް އިނގިރޭސި ވިލާތުގެ ބަރމިންގހަމްގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ކްއީންސް ބެޓަންގެ ތާރީޚީ މުޅި ދުނިޔެ ވަށާ ޖެހުމަށް ފަހު ނިންމާލުމަށް ހަމަޖެހިފައި ވަނީ ޖުލައި 28 ވަނަ ދުވަހުއެވެ.