ބިލެތްފަހީ ހިތާނީ ކޭޕްތަކަށް އެރަށު ކައުންސިލުން ޒިޔާރަތް ކުރައްވައިފި

bilhefahi

ށ. ބިލެތްފަހީ ހިތާނު ކޭމްޕްތަކަށް އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބޭފުޅުން ޒިޔާރަތް ކުރައްވައިފިއެވެ.

"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ބިލެތްފަހީ ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދު ވިދާޅުވީ މި ޒިޔާރަތް ކޮށްފައިވާނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.

އެގޮތުން އެދުވަހު ރަށުގެ ކުރިއަށް ގެންދާ 2 ހިތާނީ ކޭމްޕް އަކަށް ޒިޔާރަތް ކޮށް ހިތާނަ ކޮށްފައިވާ 11 ކުއްޖަކަށް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ވަނީ ހަދިޔާ ދީފައެވެ.

ބިލެތްފަހީ ކައުންސިލުން ފާހަގަ ކުރައްވާ ގޮތުގައި މި ހަރަކާތުގެ އެންމެ ބޮޑު މަގްސަދަކީ އިޖްތިމާއީ ކަންކަމުގައި ކައުންސިލްގެ ބައިވެރިވުން އިތުރަށް ވަރުގަދަ ކުރުމެވެ. އަދި ހިތާނު ކޮށްފައި ތިބި ކުދިންގެ މޫނުމަތިން ހަދިޔާ ލިބުމުން އުފާވެރިކަން ފެނުނު ކަމަށާއި އެކުދިންގެ ބެލެނިވެރިންވެސް އެފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފައިވާ ކަމަށް ޒިޔާދު ވިދާޅުވިއެވެ.

މީގެއިތުރުން ކުރިއަށް އޮތް އަހަރުތަކުގައި ވެސް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ގުޅިގެން މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ކައުންސިލުން ފާހަގަ ކުރެއްވިއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި