ހއ. ފިއްލަދޫ ސްޕޯރޓްސް އެކެޑެމީ އާއި ހއ. ބާރަށު ސުކޫލު ހޭންޑުބޯޅަ ޓީމު، އެކުވެރި ކަމުގެ މެޗެއް ކުޅެފި އެވެ.
މިއަދު ހަވީރު ބާރަށުގައި ކުރިއަށްދިޔަ މި މެޗުގައި ބައްދަލުކޮށްފައިވަނީ ބާރަށު ސުކޫލުގެ 14 އަހަރުންދަށުގެ ހޭންޑުބޯލް ޓީމާއި ފިއްލަދޫ ސްޕޯރޓްސް އެކެޑެމީގެ 14 އަހަރުންދަށުގެ ހޭންޑުބޯޅަ ޓީމެވެ.
މި މެޗް 10 ލަނޑު 8 ލަނޑުން ކާމިޔާބު ކުރީ ބާރަށު ސުކޫލް ޓީމެވެ.
ފޯރިގަދަ މި މެޗް އިންތިޒާމު ކުރީ ބާރަށު ޕޮލިސް ސުޓޭޝަންއާއި ބާރަށު ސުކޫލު ގުޅިގެންނެވެ.

ހޭންޑް ބޯޅަައިގެ އިތުރުން ފިއްލަދޫ ސުޕޯރޓްސް އެކަޑެމީން ދަނީ ފުޓްބޯޅައިގަވެސް ވައި ޑީ ޕީ ހަރަކާތްތަކެއް ހިންގަމުންނެވެ.
އެކުލަބުން މައުމާތުދޭ ގޮތުގައި މި ފަދަ ވާދަވެރި މެޗުތަކުގެ މަގުސަދަކީ ކުޅިވަރުގެ ތެރޭން ކުދިންނަން ރީތި އާދަތަކާއި ޓީމެއްގޮތުގައި އެކުގައި މަސައްކަތްކުރަން ދަސްކޮށްދިނުމެވެ.

ފިއްލަދޫ ސްޕޯޓްސް އެކެޑަމީގެ ޔޫތު ޑިވެލޮޕްމަންޓު ޕްރޮގްރާމެއްވެސް މިއަހަރު އޮގަސްޓްމަހުގެ ތެރޭގައިވަނީ ފަށާފަ އެވެ.
އެ އެކަޑަމީން ބުނީ އެކަޑަމީގެ އަމާޒަކީ ކުޅިވަރުތަކުގައި ހުނަރުވެރި އަދި ދުޅަހެޔޮ ސިއްހަތެއްގެ ޒުވާން ޖީލެއް ބިނާކުރުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!