ކޯވިޑް-19 ބަލީގައި ހއ. ދިއްދޫއިން މީހަކު ނިޔާވެއްޖެއެވެ.

ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު "ތިލަދުން"އަށް ވިދާޅުވީ، އެރަށުން މިއަދު ކޯވިޑް ބަލީގައި މީހަކު ނިޔާވެފައިވާ ކަމަށެވެ. އަދި އެއީ ކަަރަންޓީނުގައި ހުރި މީހެއްކަމަށް ވެސް ވިދާޅުވިއެވެ.

Ad
rt

މިއަދު ހެނދުނު 10:30 ހާއިރު އެރަށުން ނިޔާވެފައި ވަނީ، 62 އަހަރުގެ ދިވެހި ފިރިހެނެކެވެ.

"ކުރިންވެސް ބަލިކޮށް އުޅުނު މީހެއް ނިޔާވީ" ރަޝީދު ވިދާޅުވިއެވެ.

އެރަށުން ވަނީ މިއަހަރުގެ މެއި 15 ވަނަ ދުވަހު ވެސް މީހަކު ނިޔާވެފައެވެ. އެއީ ކަރަންޓީނުގައި ހުރި 83 އަހަރު ދިވެހި އަންހެނެކެވެ.

އެރަށުގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުގައި ކުއްލިގޮތަކަށް ނިޔާވި ބިދޭސީއެއް ވެސް ވަނީ ޕޮޒިޓިވްވެފައެވެ. މިގޮތުން މިއަހަރުގެ ޖޫން 25 ވަނަ ދުވަހު ނިޔާވީ މި މީހާއަކީ، އުމުރުން 51 އަހަރުގެ ބަނގުލަދޭސް ރައްޔިތެކެވެ.