ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯ އިން ކުޅުދުއްފުށި ސިޓީއަށް ޑަސްބިން ހަދިޔާ ކޮށްފި އެވެ.

މި ޑަސްބިންތައް ހަދިޔާ ކޮށްފަައިވަނީ މިއަދުގެ ވަގުތެއްގަ އެވެ. މިއީ ވެމްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ހަދިޔާ ކުރި ޑަސްބިންތަކެއްކަމަށް އެކުންފުނިން ބުނެފައިވެއެވެ.

Ad
rt

ވެމްކޯގެ ފަރާތުން މިޑަސްބިންތައް ހަވާލުކޮށްދެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު އެވެ. ޑަސްބިން ތަކާއި ހަވާލުވެދެއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަޠީފް އެވެ.

ވެމްކޯއިން ބުނީ މި ޑަސްބިންތައް ބޭނުން ކުރާނީ އެ ރަށުގެ ސްކޫލްތަކުގައި ކަމަށެވެ.

ވެމްކޯއިން އަންނަނީ އެކި ރަށްތަކުގައި ކުނި މެނޭޖު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގައި އެހީވަމުންނެވެ.

އެގޮތުން ކުރިއަށް އޮތްތާނގައިވެސް ކުޅުދުއްފުށީ ސިޓީގައި ކުނި މެނޭޖު ކުރުނަށް އެހީވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.