ފާއިތުވި 2020 ވަނަ އަހަރު އެކަނިވެސް، ތިންލައްކަ ކުދިންނަށް އެއިޑްސް ޖެހި ލައްކައަކަށްވުރެއް ގިނަ ކުދިން މަރުވިކަމަށް ޔުނައިޓެޑް ނޭޝަންސް ޗިލްޑްރެންސް ފަންޑު (ޔުނިސެފް) އިން ހާމަކޮށްފި އެވެ.

އެ ޖަމިއްޔާގެ ރެކޯޑުތަކުން ދައްކާ ގޮތުގައި މިއީ އެޗް.އައި.ވީއަށް މުޅިން އަލަށް ކޮންމެ ދެމިނެޓަކުން ކުއްޖެކެވެ. އަދި ކޮންމެ ފަސް މިނެޓަކުން ކުއްޖެއް މިބަލީގައި މަރުވެފައިވާކަމަށް ދައްކައެވެ.

Ad
rt

އެޖަމިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި އެޗް.އައި.ވީ ޖެހިފައިވާ ކުޑަކުދިންނާއި މާ ބަނޑުމީހުންނަށް ކޮވިޑް 19 ގެ ހާލަތުގައި ދަތިތަކާއި ކުރިމަތިލާންޖެހި ފަރުވާ ނުލިބި ގޮސްފައިވާކަމަށް ބުނެފައިވެއެވެ.

ކަމާބެހޭފަރާތްތަކުން އެޗް.އައި.ވީ އާއި ބެހޭ ގޮތުން މުޅި ދުނިޔެ ހޭލުންތެރިކުރުވަމުން ގިނަމަސައްކަތްތަކެއް ކުރަމުން އަންނައިރު، ކޮވިޑް 19ގެ ބަލިމަޑުކަމާއި އެކު މުޅި ދުނިޔޭގެ ޞިއްޙީ ދާއިރާތަކަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހި މަސައްކަތްތައް ފުނިޖެހިފައިވާކަމަށް އެ ޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ. ޔުނިސެފްގެ އެގްޒެކެޓިވް ޑިރެކްޓާ ހެންރިއެއްޓާ ފޯރް ވިދާޅުވި ގޮތުގައި ކޮވިޑް 19ގެ ހާލަތުގައި ކުޑަކުދިންނާއި އަންހެނުންނަށް ނަފްސާނީ ބަލިތައް ޖެހި، ގެވެށި އަނިޔާގެ އިތުރުން ކޮވިޑް ޖެހިފައިވަނީވެސް ގިނައިން އަންހެނުންނަށާއި ކުޑަކުދިންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެއިޑްސްއަށް ފަރުވާ ހޯދަމުން އަންނަ ކޮންމެ 5 ކުއްޖަކުން 2 ކުއްޖަކަށް އެކުދިންގެ ޞިއްޙީ ހާލަތުވެސް ނޭންގެއެވެ. އެންޓަޔާޓްރޮވައިރަލް ޓްރީޓްމެންޓް (އޭ.އާރް.ޓީ) ލިބެމުން އަންނަނީ އޭގެ ތެރެއިން ދެބައި ކުޅަ އެއްބައި ކުދިންނަށެވެ.

އެރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، 2020 ވަނަ އަހަރުގެ ކުރީ ކޮޅުގައި ގިނަ ގައުމުތަކެއްގައި ކޮވިޑް 19 ގެ ސަބަބުން އެޗް.އައި.ވީ އަށް ޓެސްޓްކުރުމަށް ދަތިތައް ކުރިމަތިވި އެވެ. އެގޮތުން އަލަށް އުފަންވާ ކުދިންގެ ތެރެއިން ޓެސްޓް ހެދިފައިވާ މިންވަރުވަނީ 50 އާއި 70 އިންސައްތަ އާއި ގާތްކުރާ މިންވަރަކަށް ދަށަށް ގޮސްފައެވެ. އަދި އެއިޑްސް ބައްޔަށް ފަރުވާ ހޯދަމުން އަންނަ އުމުރުން 14 އަހަރުން ދަށުގެ ކުދިންނަށް ދެމުންގެންދާ ފަރުވާ ނުދެވިފައިވާ ކުދިންގެ މިންވަރު 25 އާއި 50 އިންސައްތަ އާއި ގާތްކުރާ މިންވަރަކަށް ދަށަށް ގޮސްފައިވާކަމަށް ޔުނިސެފްގެ ރިޕޯޓުން ދައްކައެވެ.

މިގެ އިތުރުން 2020 ވަނަ އަހަރު ސައުތު އޭޝިޔާއަށް ބަލާއިރު މާބަނޑު މީހުންގެ މެދުގައި އެޗް.އައި.ވީ ޓެސްޓް ހެދިފައިވާ މިންވަރުވަރުވެސް ވަނީ 56 އިންސައްތަ އާއި 70 އިންސައްތައަށް ރެކޯޑު މިންވަރަކަށް ދަށްވެފައެވެ.

ނަމަވެސް 2020 ވަނަ އަހަރުގެ ޖޫން މަހު ކޮވިޑް 19ގެ ހާލަތު ރަގަޅުވެ އެ މުއްދަތުގެ ތެރޭގައި އެޗް.އައި.ވީއަށް ޓެސްޓްތައް ކުރެވިގެން ގޮސްފައިވެއެވެ. އެފްރިކާ އަށް ބަލާއިރު 2020 ވަނަ އަހަރު އެ ސަރަޚައްދުގައި އެޗް.އައި.ވީއަށް ޕޮޒިޓިވްވެފައިވާ ކުޑަކުދިންގެ އަދަދު ވަނީ 89 އިންސައްތަ އިތުރުވެފައެވެ. އަދި މީގެ ތެރޭގައި ފިރިހެން ކުދިންނަށްވުރެ އަންހެން ކުދިން ޕޮޒިޓިވްވެފައިވާ މިންވަރު އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި އެސަރަޚައްދުގައި އެއިޑްސް ބަލި ޖެހިފައިވާ ކުދިންގެ ނިސްބަތުން 88 އިންސައްތަ ކުދިން މަރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ފާއިތުވި އަހަރުތަކަށް ބަލާއިރު، އެއިޑްސް ޖެހިގެން ރެކޯޑު ކުރެވިފައިވާ ކުޑަކުދިންނާއި މާބަނޑު މީހުން އިތުރުވަމުން އަންނަ އިރު، މިކަމަށް އަދިވެސް މާބޮޑު ހައްލެއް ލިބެމުން ނުދާކަން ޔުނިސެފުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން އޭ.އާރް ޓްރީޓްމެންޓް ލިބެމުން އަންނަ މާބަނޑު މީހުންގެ އަދަދު 85 އިންސައްތަ ދަށްވެ ކުޑަކުދިންގެ އަދަދު 74 އިންސައްތައަށް ދަށްވެފައިވާކަން ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. ސައުތު އޭޝިޔާއަށް ބަލާއިރު، އޭ.އާރް ޓްރީޓްމެންޓް ލިބެމުން އަންނަ ފަރާތްތަކުގެ ނިސްބަތް ހުރީ 95 އިންސައްތައިގައެވެ. މެދު އިރުމަތި އަދި ނޯތު އެފްރިކާގައި 77 އިންސައްތަ މީހުންނަށް ފަރުވާ ލިބެމުން އަންނަ އިރު، އީސްޓް އޭޝިޔާގެ ހިސާބުތަކުގައި މި ފަރުވާ ލިބެމުން އަންނަނީ ބަލިޖެހިފައިވާ މީހުންގެ ނިސްބަތުން 59 އިންސައްތައަށެވެ. އަދި ސައުތު އެފްރިކާގެ 57 އިންސައްތަ ބަލިޖެހިފައިވާ މީހުންނަށް ފަރުވާ ލިބެމުން އަންނަ އިރު، އެމެރިކާގެ އެކި ސަރަޚައްދުތަކުގައި ތިބި ބަލި މީހުންގެ ތެރެއިން 57 އިންސައްތަ މީހުންނަށް ފަރުވާ ލިބެމުން އަންނަ އިރު، ސެންޓްރަލް އެފްރިކާ ހިމެނޭ ސަރަޚައްދުތަކުގައި ހިމެނޭ ބަލި މީހުންގެ ތެރެއިން 36 އިންސައްތަ މީހުންނަށް ފަރުވާ ދެމުން އަންނަ ކަން ފާހަގަކޮށްފައިވެއެވެ.

ޔުނިސެފްގެ އެގްޒެކެޓިވް ޑިރެކްޓާ ހެންރިއެއްޓާ ފޯރް ވަނީ، އެއިޑްސް ބައްޔަށް އެދެވޭ ފަރުވާ ދިނުމަށާއި އެޗް.އައި.ވީ އާއި ދެކޮޅަށް ހިންގޭ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތެއްގައި އަބަދުވެސް ކުރިއަށް ގެންދިއުމަށް މުޅި ދުނިޔެއަށް ގޮވާލާފައެވެ. އަދި ކޮމިއުނިޓީ ލެވެލްގައި ހިންގޭ ޚަރަކާތްތައް ކުރިއަށް ގެންދިއުމަށްވެސް ގޮވާލާފައިވެއެވެ.