ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކެނދިކުޅުދޫގައި “މާޒިޔާ އެކަޑަމީ” އިފްތިތާހް ކުރުމުގައި އުރީދޫ ބައިވެރިވެއްޖެ އެވެ.

މިއީ ކުރިއަރަމުން އަންނަ ކުޑަ ފުޓުބޯޅަ ތަރިންގެ ހުނަރު ތަރައްގީކުރުމަށް ހުޅުވި އެކެޑެމީއެކެވެ.

Ad
rt

މި އެކެޑެމީ ހުޅުވުމުގެ ރަސްމިއްޔާތުގައި އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ބައިވެރިވެވަޑައިގެންނެވިއެވެ. ނިޔާޒުގއ އިތުރުން މާޒިޔާގެ އިސް ބޭފުޅުންނާއި ކެނދިކުޅިދޫ ކައުންސިލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މާޒިޔާ އިން ވަނީ މި އެކެޑަމީ ހުޅުވުމުގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި އުރީދޫ އާއި ކެނދިކުޅުދޫ ކައުންސިލުންނާއި އެފްއޭއެމްގެ ރައީސް ބައްސާމް ވެދެއްވި އެހީއަށް ޝުކުރު އަދާ ކޮށްފައެވެ.

މާޒިޔާ އަކީ އުރީދޫގެ ބްރޭންޑް އެންބެސެޑަރެވެ. އެހެންވެ އެ ކުންފުނިން އަންނަނީ މާޒިޔާއާ ގުޅިގެން ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.