ހިޔާ ފެލްޓުތަކުގެ ފެން ބިލްތަކުގައި މައްސަލަ ދިމާވަނީ ކޮންޓްރެކްޓަރުގެ ފެން މީޓަރުތަކެއް ބޭނުން ކުރާތީ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރި ޝާހު އަލީ ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝާހު ވިދާޅުވީ މީޓަރުގެ އިތުރުން ފެން ހޮޅިތަކަކީވެސް ކޮންޓްރެކްޓަރުގެ އަމިއްލަ ތަކެތި ކަމަށެވެ. އެއީ އެމްޑަބްލިއުއެސްސީން ބޭނުން ކުރާ ތަކެއްޗާ ތަފާތު ތަކެތި ކަމަށާއި އެހެންވެ މައްސަލަ އުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝާހު ވިދާޅުވީ އެ ކުންފުނިން ބެލި ބެލުމުގައި ގިނަ މީޓަރުތަކެއްގައި މައްސަލަ ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. މި މައްސަލަތައް ހައްލު ކުރުމަށް ކޮންޓްރެކްޓަރާ އެކު މަސައްކަތް ކޮށްގެން ނުވަތަަ އަމިއްލައަށްވެސް އެކަން ހައްލު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހިޔާ ފްލެޓުތަކުގެ ފެން ގުޅުމުގެ މަސައްކަތް ކުރީ އެ ޓަވަރުތަކުގެ މަސައްކަތް ކުރި ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖީނިއަރިން ކުންފުނިންނެވެ. އެ ކުންފުނީގެ މީޓަރުތަކުގައި މައްސަލަތައް ހުރުމުން ބައެއް ފްލެޓުތަކުގެ ފެން ބިލަށް ވަނީ ވަނީ ހަ ލައްކަ ރުފިޔާ އަރާފައެވެ.
އެމްޑަބްލިއުއެސްސީން ބުނީ މިހާތަނަށް ބެލި ބެލުމުގައި 3500 އާއޮ 4000 އާ ދެމެދުގެ އަދަދެއްގެ މީޓަރުތައް ރަނގަޅު ކަމަށެވެ. މި މި ފްލެޓުތަކަށް މާދަމާއިން ފެށިގެން ބިލު ފޮނުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ޝާހު ވިދާޅުވި ގޮތުގައި ޗައިނާ ކުންފުނިން ބޭނުން ކޮށްފައިވާ ފެން ހޮޅިތައް މަރާމާތު ކުރާނެ އާލާތްތައްވެސް އެމްޑަބްލިއުއެސްސީއަކު ނެތެވެ. އެހެންވެ، ހޮޅިއަކަށް މައްސަލައެއް ދިމާވެއްޖެ ނަމަ މުޅި ފްލޯއިން ފެން ކަނޑާލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑަބްލިއުއެސްސީން ވަނީ ހިޔާ ފްލެޓުތަކުގެ ވެރިން އެ ފްލެޓެއްގެ މީޓަރު އެ ކުންފުނީގައި ރަޖިސްޓްރީކޮށް މައްސަލައެއް އުޅޭތޯ ވީހާވެސް އަވަހަށް ބެލުމަށް އެދިފައެވެ. އަދި މައްސަލައެއް އުޅޭނަމަ އެކަން އެންގުމަށްވެސް އެ ކުންފުނިން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!