އިންޑިއާގައި ފުރަތަމަ ފަހަރަށް ފިރިހެނުންނަށް ވުރެ އަންހެނުންގެ އަދަދު އިތުރުވެއްޖެ

India-population growth

އަވަށްޓެރި އިންޑިއާގައި ފުރަތަމަ ފަހަރަށް ފިރިހެނުންނަށް ވުރެ އަންހެނުންގެ އަދަދު އިތުރުވެއްޖެކަމަށް އެ ޤައުމުގެ ސަރުކާރުން ކުރި ދިރާސާއަކުން ދައްކައިފިއެވެ.

ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުތަކުގެ ކުރީ ސަފުގައި އޮންނަ އިންޑިއާގެ އާބާދީ ބޮޑުތަނުން ދައްވި ނަމަވެސް ތަފާސްހިސާބުތައް ދައްކާގޮތުން ފިރިހެނުންނަށް ވުރެ އަންހެނުންގެ އަދަދު އިތުރުވެ ކޮންމެ 1000 ފިރިހެނަކަށް 1020 އަންހެނުން އެބަ ތިބިކަމަށް އެގައުމުގެ ތަފާސް ހިސާބުތަކުން ވަނީ ދައްކާފައެވެ.

އިންޑިއާ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ފަސްވަނަ ނެޝަނަލް ފެމިލީ އެންޑް ހެލްތް ސާވޭ ދައްކާ ގޮތުން ކުރީ އަހަރުތަކާއި އަޅާބަލާއިރު އެގައުމުގައި ދަރިމައިވުމުގެ އަދަދު ދަށްވެ ކުރިއަށް އޮތް 30 އަހަރާއި 40 އަހަރު ދުވަހުގެ ތެރޭގައި ވެސް އާބާދީ އިތުރުނުވާނެކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.

މި ދިރާސާއިން އެއްކުރި 65،000 ގެއެއްގެ ތަފާސްހިސާބަށް ބަލާއިރު ދަރިމައިވުމުގެ އަދަދު ވަނީ ގާތްގަނޑަކަށް 2 އިންސައްތަ ދަށްވެފައެވެ. އަދި ތަރައްޤީވެފައިވާ ހިސާބުތަކުގައި މި އަދަދު 1.6 އިންސައްތަ ދަށްވެފައިވާކަމަށް ވެސް ނޭޝަނަލް ފެމިލީ އެންޑް ހެލްތްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

1.4 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާގައި ދަރިމައިވުން މަދުވުމުގެ ސަބަބުން އަންނަ އޮތް ޖީލުގައި ތިބޭނެ ކުޑަކުދިން މަދުވާނެކަމަށް ވެސް ވަނީ ހާމަކޮށްފައެވެ. 1950 ވަނަ އަހަރުތަކުގެ ތެރޭގައި އެގައުމުގައި އާންމު ގޮތެއްގައި ކޮންމެ އަހަނެއްގެ ވެސް މަދުވެގެން 6 ކުދިން ތިބިކަމަށް ކުރިން ހެދިފައިވާ ބޯހިމެނުންތަކުގެ ރެކޯޑުތަކުން ދައްކައެވެ.

މިއީ އެގައުމުގައި ހެދިފައިވާ ފަސްވަނަ ބޯހިމެނުންކަމަށާއި މިއީ 2019 އިން 2020 ވަނަ އަހަރުގެ ތަފާސްހިސާބުތަކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *