ހއ. ކެލާގައި ހުންނަ އެމާ ފިހާރައާއި ބެނާ ފަދަ ތަކެތި ޕްރިންޓްކުރާ އޮންލައިން ވިޔަފާރިއެއް ކަމަށްވާ އެންޒެޑް ގުޅިގެން ކަނބަލުންނަށް ހާއްސަ ކޮށްގެން އެ ރަށުގައި ކުރިއަށް ގެންދިޔަ "އެންޒެޑް އެމާ ކެލާ އިންވިޓޭޝަން ވޮލީބޯލް ޓޯނަމެންޓް 2021" ގެ ޗެމްޕިއަންކަން ސިއްސުވާލި ޓީމުން ހޯދައިފިއެވެ.
22 އޮކްޓޯބަރ 2021 ވީ ހުކުރު ދުވަހުގެ ހަވީރު ކެލާ ޔޫތު ފޯރަމް ވޮލީ ކޯޓުގައި ކުޅުނު ފައިނަލް މެޗު ސިއްސުވާލި ޓީމުން ކާމިޔާބު ކޮށްފައިވަނީ ޓީމް ކެލަވަކިއާއި ވާދަކޮށް ސީދާ ތިން ސެޓުންނެވެ. ފައިނަލް މެޗުގެ ސެޓްތައް ސިއްސުވާލި ޓީމުން ކާމިޔާބު ކޮށްފައިވަނީ (25/17، 25/21، 25/16) އިންނެވެ. ސިއްސުވާލި ޓީމުން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި މިވަނީ ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެގެންނެވެ.
ކެލާ ކައުންސިލްގެ ރައީސް އަބްދުﷲ އިންފާޒް ޝަރަފްވެރި ކޮށްދެއްވި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ސިއްސުވާލި ޓީމްގެ ޖޯޒީ ނަމްބަރު 6 ފާތިމަތު ޠަހޫރާއެވެ.
ފައިނަލް މެޗު ނިމުމުން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސް ވަނަވަނައަށް ހޮވިފައިވާ ފަރާތްތަކަށް ތައްޓާއި މެޑަލް އަދި ހަނދާނީ ލިޔުންވަނީ ހަވާލުކޮށްފައެވެ. މި މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަށް ހޮވިފައިވަނީ:
- ސަހުމީލާ އަބްދުލް ހަކީމް – ޓީމް ކަލަވަކި
- ފާތިމަތު ޠަހޫރާ – ޓީމް ސިއްސުވާލި
- ހަދީޖާ މައުރިފާ – ޓީމް ސިއްސުވާލި
- އައިޝަތު އިބާދާ – ޓީމް މުޅި ފޯ
- ސާނިޔާ ޤާސިމް – ޓީމް ސިއްސުވާލި
- ފާތިމަތު ސަރުމީލާ – ޓީމް ކެލަވަކި

މުބާރާތުގައި ހުރިހާގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށްޓީމް ސިއްސުވާލިގެ ޖޯޒީ ނަމްބަރ 6 ފާތިމަތު ޠަހޫރާ ހޮވުނުއިރު މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައި ވަނީ ސިއްސުވާލި ޓީމްގެ ކޯޗް ސަމީން ސަޢީދުއެވެ.
މި މުބާރާތަކީ "އެންޒެޑް އެމާ ކެލާ އިންވިޓޭޝަން" ވޮލީ މުބާރާތުގެ ފުރަތަމަ މުބާރާތެވެ. މި މުބާރާތުގެ ރަސްމީ މީޑިއާރ ޕާރޓްނަރުގެ ހައިސިއްޔަތުން މަސައްކަތް ކޮށްފައި ވަނީ "ތިލަދުން" އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!