ކުރިއަށް އޮތް 4 ދުވަހު، އުތުރާއި މެދުރާއްޖެތެރެއަށް ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ސަމާލުވާން އެދެފި އެވެ.

ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ނެރުނު ސަމާލު މެސެޖުގައި ބުނެފައިވަނީ، ޚާއްސަކޮށް މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި މިމަހުގެ 12އިން ފެށިގެން 16ގެ ނިޔަލަށް އާންމުވައި ގަދަވުމާއިއެކު ކަނޑުތައް ގަދަވާނެކަމަށް ލަފާ ކުރެވޭކަމަށެވެ.

Ad
rt

މިފަދައިން މެޓް އޮފީހުން ލަފާކޮށްފައިވަނީީ ރާއްޖެ ހިމެނޭ ސަރަޙައްދުގައި އުފެދިފައިވާ ލޯ ޕްރެޝަރ ޓްރަފަކާއި ގުޅިގެން ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

އެގޮތުން، ކަނޑުދަތުރު ކުރާ ފަރާތްތަކުން، ޚާއްސަކޮށް މެދުރާއްޖެތެރެއާއި އުތުރު ސަރަހައްދުގައި މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އަންގާފައެވެ.

މިއަދާއި މާދަމާ އުތުރު އަތޮޅުތަކުގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު ބައެއް ރަށްތަކަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެން ވެއެވެ. ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަ ވުން އެކަށީގެން ވެ އެވެ. ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު ރާޅުގެ އުސްމިން ހުންނާނީ 7-5 ފޫޓުގަ އެވެ.