ކީރިތި ގުރްއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި މިއަހަރު ފާސްވި ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ މެޑެލް މިރޭ 11 ފަރާތަކަށް ދެއްވައިފި އެވެ.

މި 11 ފަރާތުގެ ތެރޭގައި އުމުރުން 19 އަހަރުގެ ށ. މިލަންދޫ، ހުވާސް، ޢާއިޝަތު ޠޫލާ އަންވަރު ހިމެނެއެވެ. ޠޫލާ ޤުރުއާން ހިތުދަސްކުރަން ފެއްޓެވީ 2018 ގައެވެ. އަދި ހިތުދަސްކޮށް ނިންމެވީ 2020 ވަނަ އަހަރު އެވެ.

Ad
rt

މި އިނާމްތައް ހަވާލުކޮށްދެއްވީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްއެވެ.

ޠޫލާގެ އިތުރުން ކީރިތި ޤުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވެގެން ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މެޑެލް ހާސިލުކުރި 10 ޙާފިޡުންނަކީ:

1. އަލްޙާފިޡާ ޙައްވާ އަނީސާ މާލެ ދަފްތަރު ނަންބަރު ރސ 13802
2. އަލްޙާފިޡް ސަލްމާން މުޙައްމަދު ލަޠީފް ފެހިގެ ދ. މީދޫ
3. އަލްޙާފިޡް މުޙައްމަދު ނާހިލް އަޒްމީލް ހުޅުމާލެ ފްލެޓް ނަންބަރު: އޭ-4-5ސީ
4. އަލްޙާފިޡާ ލަޠީފާ މުޙައްމަދު ގޯލްޑަން ފްލާވަރ ސ. ހިތަދޫ
5. އަލްޙާފިޡް އާހިލް މުޙައްމަދު ޒާހިރު މަލާޒް ގދ. ތިނަދޫ
6. އަލްޙާފިޡާ ޢާޠިފާ ޢަބްދުލްބާރީ މާލެ ދަފްތަރު ނަންބަރު ރސ 12572
7. އަލްޙާފިޡް މުޙައްމަދު މިތްޔާޙް ސަލްމާން ހެވަންލީޑް ގދ. ތިނަދޫ
8. އަލްޙާފިޡް މުޙައްމަދު އަޝްހަމް ޢަލީ މއ. އަރިވަރު
9. އަލްޙާފިޡް ލައިލް ޙުސައިން ޙަމީދު އަލިވާގެ ދ. ކުޑަހުވަދޫ
10. އަލްޙާފިޡާ ޢާއިޝަތު ޝުބާ ޝާހް ތިމާވެހި ގދ. ތިނަދޫ

މީގެއިތުރުން ރޭގެ ރަސްމިއްޔާތުގައި ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 04 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 14 ބޭފުޅަކަށް ދެއްވިއެވެ. އަދި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ރޭ ދެއްވިއެވެ.