ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް)ގެ ކުޑަކުދިންގެ ބަލިތަކާއި ބެހޭ ޚާއްޞަ ދެ ޑޮކްޓަރަކު ބައިވެރިވާ ކްލަބް ހައުސް އިވެންޓްއެއް މިރެއަށް ތާވަލުކޮށްފިއެވެ.
މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން (އެމް.އެމް.އޭ)އިން ކުރިއަށްދާ މި އިވެންޓް އޮންނާނީ މި ރޭ 22:00 އިން 23:00 އަށެވެ.
މި އިވެންޓްގައި މައުލޫމާތު ދެއްވަން ހަމަޖެހިފައިވާ މައުލޫއަކީ ހުން އައުމާއި ވިދިގެން ކުޑަކުދިންނަށް ޖެހޭ ފިޓާއި ބެހޭގޮތުންނެވެ.
އެގޮތުން ފެބްރައިލް ފިޓްސް ނުވަތަ ހުންއައުމާއި ވިދިގެން ޖެހޭ ފިޓާއި ބެހޭ ގޮތުން މި އިވެންޓްގައި މައުލޫމާތު ދެއްވާނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ކްލިނިކަލް ސަރވިސް ޑިވިޝަންގެ ހެޑް އަދި ކުޑަކުދިންގެ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރު. ޑރ. މުޙައްމަދު ފައިސަލްގެ އިތުރުން ކުޑަކުދިންގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރު ޑރ.އައިމިނަތު އަބޫބަކުރު އެވެ.
މި އިވެންޓްގެ މޮޑަރޭޓަރަކީ މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ ޑެޕިއުޓީ މެޑިކަލް ޑައިރެކްޓަރ އަދި އައި.ޖީ.އެމް.އެޗްގެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓްގެ ޑޮކްޓަރ ޑރ. ފާތިމަތު މުފްލިހާއެވެ.
Please join the Club House event to be held at 2200hrs of 6th October 2021 to gain some useful knowledge related to Febrile Seizures. Dr. Faisal and Dr. Aminath from our Paediatric Department will address your queries in addition to discussions.https://t.co/gnHKb7j14F@mma_mv pic.twitter.com/ufiLobjhq9
— Kulhudhuffushi Regional Hospital (@KRHmv) October 5, 2021
މި އިވެންޓްގައި ހުން އައުމާއި ވިދިގެން ޖެހޭ ފިޓާއި ބެހޭ މަޢުލޫމާތު ހިއްސާކުރުމުގެ އިތުރުން ކްލަބްހައުސްގައި ބައިވެރިވާ ފަރާތްތަކުން ކުރައްވާ ސުވާލުތަކަށް ޖަވާބު ދިނުންވެސް ކުރިއަށްދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!