ހއ. ކެލާއިން ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން ގޯތި ލިބުނު ފަރާތްތަކުން ދޫކޮށްލައިފައިވާ ގޯތިތައް އަލުން ދޫކުރުމަށްޓަކައި އެ ހުސްގޯތި ތަކުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމަށް ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލުން އިޢުލާން ކޮށްފިއެވެ.
މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ އެ ސަރަހައްދުގައި ހުރި ރުއްގަހުގެ ވެރީން، އެ ކައުންސިލުން ދޫކުރާ "ރުއްގަހުގެ ވެރިފަރާތް އަންގާ ފޯމް" ފުރިހަމަ ކުރުމަށްފަހު 13 އޮކްޓޯބަރު 2021 ބުދަ ދުވަހުގެ 14:00 އެ ކައުންސިލަށް ހުށައެޅުމަށެވެ.
މި ސަރަހައްދުގައި ހުރި ރުއްގަސްތައް، ކަނޑައެޅިފައިވާ ތާރީހުގެ ކުރިން ވެރިފަރާތުން އެ ރުއްގަހުގެ މަޢުލޫމާތު ހުށައަޅާފައި ނުވާނަމަ އެ ތަކެއްޗަކީ ވެރިފަރާތްނެއް ތަކެތި ކަނޑައަޅައި އެ ބިމުގައިހުރި ރުއްގަސް ނައްތާލެވޭނެ ކަމުގައި ވެސް މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.
އިތުރަށް ބުނެފައި ވަނީ ޤާނޫނު ނަންބަރު 98/21 ގޯތިން ބޭރުގައި ރުއްގަސް އިންދުމާބެހޭ ޤާނޫނުން ދެންނެވުނު ރުއްގަހުގެ ވެރިފަރާތް މި ކައުންސިލްގެ ރުއްގަހުގެ ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިނުވާ އެއްވެސް ރުއްގަހަކަށް ބަދަލުދެވެން ނެތްކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!