ހއ. އަތޮޅު ކައުންސިލްގެ ސިއްކަ ފަރުމާކުރުމަށް އާންމުންނަށް ހުޅުވާލައިފި އެވެ. އަދި ފަރުމާކުރާ ސިއްކަ ތަކުގެ ތެރެއިން 1 ވަނަ އަށް ހޮވޭ ފަރާތަކަށް -/5000 ރުފިޔާ ދޭން އެކައުންސިލުނެ ވަނީ ނިންމާފައެވެ.

މިފުރުސަތު ހުޅުވާލާފައިވަނީ އިއްޔެ ހއ. އަތޮޅު ކައުންސިލުން ނެރުއްވި އިއުލާނެއްގައެވެ. މި އިއުލާނުގައި ވަނީ ސިއްކަ ފަރުމާކުރުމުގައި ހުންނަންވާނެ ޝަރުތުތައްވެސް ބަޔާންކޮށްދެއްވާފައެވެ.

Ad
rt

އެގޮތުން، ސިއްކަ ހުންނަން ވާނީ އެ އިދާރާގެ ތީމު ކުލަކަމަށްވާ 'ފެހި' ކުލައިގަ ކަމަށާއި އެ ސިއްކައިން ހއ. އަތޮޅަށް ނިސްބަތްވާ، ތާރީޚީ ނުވަތަ ޤަދީމީ ޒަމާނެއްގައި ބޭނުންކުރަމުންދިޔަ ނުވަތަ ބޭނުން ކޮށްފައިވާ ކޮންމެވެސް އެއްޗެއް ނުވަތަ ތާރީޚީ ތަރިކައެއް ރަމްޒުކޮށް ދޭންވާނެއެވެ

އަދި އެ ފަރާތަކުން ތައްޔާރުކުރެއްވި ސިއްކައަކާ ބެހޭގޮތުން ކުރު ތަޢާރަފެއް ދޭންވާނެކަމަށާއި ކަޅުއޮށްފުންމީގެ ނަމޫނާ ބޭނުން ކުރައްވައިގެން ސިއްކަ ފަރުމާ ކުރެވިދާނެ ކަމަށްވެސް އެ އިއުލާނުގައި ބަޔާން ކުރެއްވިއެވެ.

" ތައްޔާރު ކުރައްވާ ސިއްކައަކީ އެހާ ފާޅުކަން ބޮޑު ލޯގޯއަކާ ސިފަވެގެން ނުވާނެއެވެ. ސިއްކައަކީ ރަމްޒީ އެއްޗަކަށްވާތީ، ސިއްކަ ފަރުމާ ކުރެވިފައި ހުންނަންވާނީ ވީހާވެސް ފަސޭހައި ކޮންއެޗެއްކަން ދެނެގަނެވޭނެ ގޮތަކަށެވެ."

ހއ. އަތޮޅު ކައުންސިލްގެ އިއުލާނުގައި ވިދާޅުވިއެވެ.

މީގެ އިތުރުން، ފަރުމާ ކުރާ ސިއްކައިގައި " ހއ. އަތޮޅު ކައުންސިލް " މިގޮތަށް ދިވެހި ބަހުން ނުވަތަ އިނގިރޭސިބަހުން ލިޔެވިފާ އޮންނަން ވާނެ ކަމަށް އެ ކައުންސިލުން ފާހަގަކުރެއްވި އެވެ.

މި މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން ސިއްކަ ފަރުމާކުރުމަށް ފަހު ހއ. އަތޮޅު ކައުންސިލގެ އީމެއިލް info@halifatoll.gov.mv އަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ އެދިލަށްވާފައެވެ.