ހއ.ތުރާކުނު ސްކޫލް 2 ކްލާސްރޫމް، ފާހާނާ، ލައިބްރަރީގެ އިތުރުން އޮފީސް އިމާރާތުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން އިޢުލާން ކޮށްފިއެވެ.

މި މަސައްކަތުގެ ބީލަމުގައި ބައިވެރިވުމަށް -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަން ޖެހޭއިރު، މި މަސައްކަތަށް އެދި ބިޑް ހުށަހެޅުމުގެ ފުރުޞަތު ފިނޭންސް މިނިސްޓްރީން ހުޅުވާލާފައި ވަނީ ނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ،ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

Ad
rt

މި މަސައްކަތާއި ގުޅިގެން ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައި އިތުރަށް ބުނެފައިވަނީ މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި އެ މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން 26 ސެޕްޓެންބަރު 2021 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށެވެ. އަދި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމުގައި ވެސް އެ އިޢުލާނުގައި ބުނެފައިވެއެވެ.

މި މަސައްކަތާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންފުޅު ވެއްޖެނަމަ 30 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން hawwa.nazla@finance.gov.mv މި މެއިލް އެޑްރެސްއަށް މެއިލް ކުރައްވަމުން ގެންދިޔުމަށް އެ މިނިސްޓްރީން ވަނީ އެދިލައްވާފައެވެ.

މި މަސައްކަތުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/35,000ރ (ތިރީސްފަސް ހާސް ރުފިޔާ) ހުށަހަޅަން ޖެހޭއިރު، ބިޑު ހުޅުވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 14 އޮކްޓޯބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.