ކޯވިޑް-19ށް ޓެސްޓު ނުކޮށް ދެވޭ ރަށްތަށް އެޗްޕީއޭއިން އާންމުކުރި އިރު އޭގެ ތެރޭގައި ޕީސީއާރު ޓެސްޓާއިނުލާ ދަތުރުކުރެވޭ ތިލަދުންމަތީގެ އިތުރު ދެ ރަށެއް ހިމަނައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ)ގެ އިން ކަނޑައަޅާފައިވާ މިނގަނޑަށް ވެކްސިން ފުރިހަމަކުރި ރަށްތައް ކުރިން ވެސް އާންމުކޮށްފައިވާއިރު 2 ސެޕްޓެމްބަރުގައި އާންމު ކުރި ލިސްޓްގައި އޮތީ ތިލަދުންމަތީގެ 4 ރަށެކެވެ. އެއީ ހއ. އުލިގަމް، ހއ. މުރައިދޫ، ހދ. ހިރިމަރަދޫ އަދި ހދ. ނެއްލައިދޫ އެވެ.
އެޗްޕީއޭއިން އެންމެފަހުން އާންމު ކުރި ލިސްޓަށް ތިލަދުންމަތިން ވަނީ ހދ. ކުމުންދޫއާއި ހދ. ނޮޅިވަރަންފަރު އިތުރުވެފައެވެ.
އެޗް.ޕީ.އޭއިން ކަނޑައަޅާފައިވާ މިނގަނޑަށް ވެކްސިން ފުރިހަމަކުރި ރަށްތަކުގެ އަދަދު މިހާރު ވަނީ 63 އަރާފައެވެ. އެރަށްތަކަށް ޕީސީއާރު ނެގެޓިވް ނަތީޖާއަކާއި ނުލައި ދަތުރުކުރުމުގެ ވަނީ ހުއްދަ ދީފިއެވެ.
ރާއްޖޭގައި ހަލުވިކަމާއި އެކު ކޯވިޑް 19 ފެތުރެމުންދާ ދިއުމާއި ގުޅިގެން އެޗް.ޕީ.އޭ އިން ވަނީ ރަށްރަށަށް ދަތުރުކުރުން މަނާކޮށްފައެވެ. އަދި ރަށަށް ދިއުމަށް ޕީސީއާރް ޓެސްޓް ހަދައި 72 ނުވާ ޓެސްޓްގެ ނަތީޖާއަކާއި އެކު 14 ދުވަހުގެ ކަރަންޓީން ޕީރިއަޑެއް ދަތުރުވެރިންނަށް ވަނީ ދީފައެވެ. ނަމަވެސް އަލަށް ހެދުނު ޤަވައިދުގައި ވަނީ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ރަށްރަށަށް ޕީސީއާރު ނެގެޓިވް ނަތީޖާނުލައި ދަތުރުކުރުމުގެ ހުއްދަދީފައެވެ.
މީގެ ތެރޭގައި 12 އަހަރުން މަތީގެ އާބާދީގެ 90 އިންސައްތަ ވެކްސިން ފުރިހަމަވުމާއި ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ މީހުންގެ 90 އިންސައްތަ ވެކްސިން ފުރިހަމަވުމުގެ އިތުރުން ގެސްޓްހައުސްގެ ވިޔަފާރިކުރާ ރަށްރަށުގައި ގެސްޓްހައުސްތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި ފަތުރުވެރިންނަށް ޙިދުމަތްދޭ ފަރާތްތަކުގެ 95 އިންސައްތަ މީހުން ވެކްސިން ފުރިހަމަވެފައިވާނަމަ އެރަށަކަށް ޕީސީއާރް ޓެސްޓް ނުހަދައި އެރުމުގެ ހުއްދަ މިހާރު ވަނީ ދީފައެވެ.
ރާއްޖޭގައި މިހާތަނަށް 391،153 މީހަކު ކޮވިޑް ވެކްސިން ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާއިރު، ވެކްސިންގެ 2 ވަނަ ޑޯޒް ފުރިހަމަކޮށްފައިވަނީ 332،529 މީހުންކަން ފާހަގަކޮށްލެވެއެވެ.
ޕީސީއާރާއި ނުލައި ދަތުރުކުރެވޭ އިތުރު ރަށްތައް:
- ނ އަތޮޅުން މަނަދޫ، މަގޫދޫ އަދި މާޅެންދޫ،
- ރ. އަތޮޅުން އިންނަމާދޫ، މީދޫ، އަލިފުށި، މަޑުއްވަރީ،
- ބ. އަތޮޅުން ފެހެންދޫ، ކިހާދޫ، ފުޅަދޫ، އޭދަފުށި، މާޅޮސް، ކަމަދޫ، ކެންދޫ، ދޮންފަނު، ތުޅާދޫ އަދި ކުޑަރިކިލު،
- ޅ. އަތޮޅުން ނައިފަރު، އޮޅުވެލިފުށި، ކުރެންދޫ
- ކ. އަތޮޅުން ގުޅި، ހުރާ، ގާފަރު، ދިއްފުށި، މާފުށި
- އއ. އަތޮޅުން މަތިވެރި، ފެރިދޫ، ރަސްދޫ، އުކުޅަސް
- އދ. އަތޮޅުން ދިގުރަށް އަދި ދަނގެތި
- ވ. އަތޮޅުން ރަކީދޫ، ކެޔޮދޫ، ފުލިދޫ، ފެލިދޫ، ތިނަދޫ
- މ. އަތޮޅުން ކޮޅުފުށި، ނާލާފުށި، މުލައް
- ފ. އަތޮޅުން މަގޫދޫ، ދަރަނބޫދޫ، ފީއަލި
- ދ. އަތޮޅުން ބަނޑިދޫ، ރިނބިދޫ، ހުޅުދެލި، މީދޫ، މާއެނބޫދޫ
- ތ. އަތޮޅުން ތިމަރަފުށި
- ލ. އަތޮޅުން ހިތަދޫ، މުންޑޫ، އިސްދޫ ކަޅައިދޫ، މާމެންދޫ
- ގއ. އަތޮޅުން ދެއްވަދޫ، ނިލަންދޫ، މާމެންދޫ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!