ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތުގެ ދަށުން ލޯކަލް ކައުންސިލްތައް މައިކްރޯސޮފްޓް 365އަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފަށައި، ކުޅުދުއްފުށި ސިޓީ ކައުންސިލްގައި އެ ނިޒާމް ބޭނުންކުރަންފަށައިފިއެވެ.
މިއީ މިނިސްޓްރީ އޮފް އެންވާރަމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއިން ދާދި ފަހުން މައިކްރޯސޮފްޓްއާއި އެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ސަރުކާރުގެ އޮފީސްތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި މައިކްރޯސޮފްޓް އޮފީސް 365އަށް ސަރުކާރުގެ އޮފީސްތައް ބަދަލުކުރުމަށް ކުރެވޭ މަސައްކަތެކެވެ.
އެމަސައްކަތް ފަށާ އެންމެ ފުރަތަމަ ކުޅުދުއްފުށީގައި ބޭނުންކުރެވެން ފެށުމުގެ މުނާސަބަތުގައި މިނިސްޓްރީއިން ވަނީ ސަރުކާރުގެ އޮފީސްތަކުގެ ކައުންޓަރު ދޮށުގައި ކިއުގައި ނުޖެހި ސަރުކާރާއި ސަރުކާރުގެ އޮފީސްތަކުން ދޭ ޙިދުމަތްތައް ރައްޔިތުންނަށް ވީހާވެސް ގާތުން ފޯރުކޮށްދިނުމުގެ ސިޔާސަތު ކުޅުދުއްފުށި ސިޓީގެ މޭޔަރ އަދި ކުޅުދުއްފުށި ސިޓީގެ ކައުންސިލްއިން ދެއްވާ އެއްބާރުލުން އެމިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.
މައިކްރޯސޮފްޓް އޮފީސް 365 ކުޅުދުއްފުށި ސިޓީ ކައުންސިލްއަށް ރޯލްއައުޓް ކުރުމުގެ ތެރެއިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޝަރީފް ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މެންބަރުންނާއި އެކު ބޭއްވި ބައްދަލުވުމުގައި ކައުންސިލް ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ކުރެވިދާނެ ކަންކަމާއި ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
އަދި މީގެ އިތުރުންވެސް ސިޓީ ކައުންސިލްގެ ތަސައްވުރެއްކަމަށްވާ ސްމާޓް ސިޓީގެ ކައުންސިލަކަށް ކުޅުދުއްފުށި ހެދުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ބެހޭ ގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.
މައިކްރޯސޮފްޓް އޮފީސް 365 އެންމެ ފުރަތަނަ ފޯރުކޯށްދިނުމަށް ހަމަޖެހިފައިވަނީ ސިޓީ ކައުންސިލް، އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްތަކަށްކަމަށް މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ. އެއަށްފަހު ސަރުކާރުގެ ވުޒާރާތަކާއި މިނިވަން މުއައްސަސާތަކަށް މި ޙިދުމަތް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!