ކުޅުދުއްފުށި ސިޓީން އާރޓްްސް އަދި ކަލްޗާރ ފެސްޓިވަލްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އެ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

އާރޓްްސް އަދި ކަލްޗާރ ފެސްޓިވަލް އަކީ މިއަހަރުގެ ޤައުމީ ދުވަހާއި ގުޅުވައިގެން 3 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފެސްޓިވަލް އެކެވެ.

Ad
rt

މި ފެސްޓިވަލް އިންތިޒާމް ކުރެއްވުމުގެ މަސައްކަތް ކުރަމުން ގެންދަވަނީ ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިންނެވެ. އަދި ފެސްޓިވަލުގެ ހަރަކާތްތައް ބޭއްވުމަށް އެ ސެންޓަރުން ގަސްތުކޮށްފައިވަނީ މާލެ ސިޓީގައެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ހާމަކުރެއްވި ގޮތުގައި މި ފެސްޓިވަލްގައި މިއުޒިކާއި، ނެށުމާއި، ސަޤާފީ ހަރަކާތްތަކާއި އަދި ރަށުގެ ނަމުގައި ހުށަހެޅުމާއި އަދި އުފެއްދުންތެރިކަމުގެ ތަކެތި ވިއްކުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

އަދި މި ފެސްޓިވަލްގައި ކުޅުދުއްފުށީ ސިޓީން ބައިވެރި ވާން ބޭނުންވާ ފަރާތްތަކުން އެ އިދާރާގެ ނަންބަރު 6528831 ފޯނަށް ގުޅުއްވައިގެން ނުވަތަ ޚާއްސަކުރެވިފައިވާ ލިންކް މެދުވެރިކޮށް ގޫގްލް ފޯރމް ފުރައިގެން ނަން ނޯޓު ކުރެވޭނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

މި ފެސްޓިވަލުގައި ކުޅުދުއްފުށި ސިޓީން ބައިވެރިވާން ބޭނުން ފަރާތްތަކުން ނަން ނޯޓު ކުރުމުގެ ސުންގަޑިއަކީ މިމަހު 23 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އެވެ.