ޔަންގް ބޯއީސް އަތުން ފަހުވަގުތު ޔުނައިޓެޑް ބަލިވެއްޖެ

IMG_20210915_094901_909

ޔޫރަޕްގެ ކުލަބްތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފްވެރި އެއް މުބާރާތް ކަމުގައިވާ ޔުއެފާ ޗެމްޕިއަންސް ލީގު އަންގާރަ ދުވަހުގެ ރޭ ފަށާފައިވާއިރު ފުރަތަމަ މެޗުގައި ސްވިޒަލޭންޑްގެ ޗެމްޕިއަން ޔަންގް ބޯއީސް އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެއެވެ.

ޔަންގް ބޯއީސްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ޔުނައިޓެޑްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މިގޮތުން އެ ޓީމުން ވަނީ މެޗުގެ 13 ވަނަ މިނެޓުގައި ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ބްރޫނޯ ފެނާންޑޭޒްގެ ހިތްގައިމު ޕާހަކުން ކާމިޔާބު ކޮށްދީފައި ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ ރޮނާލްޑޯ ޗެމްޕިއަންސް ލީގުގައި ކާމިޔާބުކުރި 135 ވަނަ ލަނޑެވެ. ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިއަކީ ވެސް ރޮނާލްޑޯއެވެ.

ޗެމްޕިއަންސް ލީގުގެ ގިނަ ރެކޯޑްތަކެއް ހަދާފައިވާ ރޮނާލްޑޯއަށް މި މެޗާއެކު ވަނީ އިތުރު ރެކޯޑަކާއި އަރާ ހަމަކުރެވިފައެވެ. އެއީ ރެއާލް މެޑްރިޑްގެ ކުރީގެ ކީޕަރ ކަސިޔަސް ޗެމްޕިއަންސް ލީގުގައި 177 މެޗު ކުޅެގެން ހަދާފައިވާ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑެވެ. ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުގެ މެޗުތައް ކުރިއަށް ހުރުމުން މި ރެކޯޑް ރޮނާލްޑޯ މުގުރާލާނެ ކަމަށް ބެލެވެއެވެ.

މި މެޗުގައި ޔުނައިޓެޑަށް މައްސަލަތަކާއި ކުރިމަތިވީ 35 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ޑިފެންޑަރ ވެން ބިކާސާ ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ރެފްރީ އޭނާއަށް ރަތްކާޑު ދެއްކުމުންވެ. ޔުނައިޓެޑުން އެކަކު މަދުވިނަމަވެސް ފުރަތަމަ ހާފު ނިންމާލާފައި ވަނީ އެއް ލަނޑުން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ޔަންގް ބޯއީސްއިން ވަނީ މެޗުގެ ކޮންޓްރޯލް އަތުލައި ޔުނައިޓެޑްގެ ގޯލަށް ބާރު ބޮޑު ކޮށްފައެވެ. މިގޮތުނ އެ ޓީމުން ވަނީ މެޗުގެ 66 ވަނަ މިނެޓުގައި ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެންގަމަލޭއެވެ.

މެޗުން ޔުނައިޓެޑް ބަލިވެފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ފަސް މިނެޓުގެ ވެސް ފަހު ވަގުތު އެ ޓީމްގެ ލިންގާޑް ހެދި ގޯހެއްގެ ފައިދާނަގައި ޔަންގް ބޯއީސްގެ ސިއަބަޗޭ ކާމިޔާބު ކޮށްދިން ލަނޑުނެނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.