މި ހިނގާ 2021 ވަނަ އަހަރުގެ ޤައުމީ ބީޗް ވޮލީބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހުޅުވާލައިފިއެވެ.

މި އަހަރުގެ މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އަންނަ އޮކްޓޯބަރ މަހުގެ 7 ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް، މާލެ ދޮންގަނޑު ބީޗް ވޮލީބޯލް ކޯޓާއި ހުޅުމާލެ ރެޑްބުލް ބީޗް ވޮލީބޯލް ކޯޓުގައެވެ.

Ad
rt

މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ 19 އަހަރުން ދަށް، 23 އަހަރުން ދަށް އަދި އޯޕަން ކެޓަގަރީއެވެ.

19 އަހަރުން ދަށުގައި ކެޓަގަރީގައި އަންހެން އަދި ފިރިހެން ޑިވިޜަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު އެ ޑިވިޜަންގައި ބައިވެރި ކުރުމަށް ހަމަޖެހިފައި ވަނީ 31 ޑިސެމްބަރ 2021 އަށް 20 އަހަރު ނުފުރޭ ކުޅުންތެރިންނެވެ.

23 އަހަރުން ދަށުގެ ކެޓަގަރީގައި ވެސް އަންހެން އަދި ފިރިހެން ޑިވިޜަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު އެ ޑިވިޜަންގައި ބައިވެރި ކުރުމަށް ހަމަޖެހިފައި ވަނީ 31 ޑިސެމްބަރ 2021 އަށް 24 އަހަރު ނުފުރޭ ކުޅުންތެރިންނެވެ.

އޯޕަން ކެޓަގަރީގައި އަންހެން އަދި ފިރިހެން ޑިވިޜަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު އެ ޑިވިޜަންގައި ކޮންމެ އުމުރެއްގެ ކުޅުންތެރިއަކަށް ވެސް ބައިވެރި ވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މުބާރާތު ގައި ބައިވެރިވުމާއި ޓީމް ލިސްޓް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 26 ސެޕްޓެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ 12:00 އެވެ.