ހދ.ނޮޅިވަރަންފަރުން ކޯވިޑް-19 ޖެހިފައިވާ އިތުރު ހަ މީހުން ފެނުމާއިއެކު އެ ރަށުގައި ކޯވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފިއެވެ.

ނޮޅިވަރަންފަރު ސިއްހީ މަރުކަޒުން އެ ރަށުގެ ކޯވިޑް ހާލަތު ބަޔާންކޮށް 6 ސެޕްޓެމްބަރ 2021 ގައި އާންމު ކޮށްފައިވާ ތަފާސްހިސާބު ބުނާގޮތުން މި މަހުގެ ފަސްވަނަ ދުވަހު އެ ރަށުން ނެގުނު 26 ސާމްޕަލުގެ ތެރެއިން 6 ސާމްޕަލެއް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އެއީ 2 ފްލޫ ސާމްޕަލަކާއި 4 ކަރަންޓީން ފުލޫ ސާމްޕަލެވެ. ވުމާއެކު މިހާރު އެ ރަށުގައި މި ބަލި ޖެހިފައިތިބި 9 މީހަކު އެބަތިއްބެވެ.

Ad
rt

އެ ރަށުގައި ކޯވިޑް ފެތުރެމުންދާތީ 06 ސެޕްޓެމްބަރ 2021 ގައި، ކޯވިޑް ޓާސްކްފޯސްގެ ފަރާތުން ވަނީ ރައްކާތެރި ވުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ. މިގޮތުން އެ ރަށުގައި ރޭގަނޑު 21:00 އިން ފަތިހު 04:00 އަށް ކާފިއު ހިންގުމަށް ވަނީ ނިންމާފައެވެ. އަދި ރޭގަނޑު 21:00 އިން ފެށިގެން ފަތިހު 04:00 އަށް ވިޔަފާރިކުރާ ތަންތަން ބަނދުކޮށްފައި ބެހެއްޓުމަށް ނިންމާފައވާއިރު، ކެފޭ ރެސްޓޯރެންޓްތަކުން ހެނދުނު 06:00 އިން ރޭގަނޑު 12:00 އަށް ޑެލިވަރީގެ ޚިދުމަތް އެކަނި ދިނުމަށް ވަނ ގަނީ އަންގާފައެވެ.

މީގެއިތުރުން ހުރިހާ ރައްޔިތުން ވެސް ފަރުދީ ޒިންމާ އަދާކުރުމަށާއި، އެޗްޕީއޭއާއި އެ ރަށުގެ ކޯވިޑް ޓާސްކްފޯސްއިން އަންގާ އެންގުންތަކަށް ފުރިހަމައަށް ތަބާވުމަށާއި އަދި ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުތުމަށް އެ ޓާސްކްފޯސްގެ ފަރާތުން ވަނީ އެދިލައްވާފައެވެ. އަދި ގިނަބަޔަކު އެއްވެގެން ރާވާހިންގާ ކަންކަން ކުރިއަށް ނުގެންދިޔުމަށް ވެސް އެ ޓާސްކްފޯސްގެ ފަރާތުން ވަނީ އެދިލައްވާފައެވެ.

ނޮޅިވަރަންފަރުން ކޯވިޑް ބަލިޖެހިފައިވާ މީހެއް ފެނުމުގެ ސަބަބުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެ ރަށް މޮނިޓަރިން ހާލަތަށް ގެނެސްފައި ވަނީ 31 އޯގަސްޓް 2021 ގައެވެ.