ށ. ކީކިމިނިގައި ހިންގަމުންދާ ފިޝަރީޒް ކޮމްޕްލެކްސް އިން އައިސް ވިއްކާ އަގު ހެޔޮކޮށްފިއެވެ.
އެ ކޮމްޕްލެކްސް އިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ މިހާރު އެ ކޮމްޕްލެކްސް އިން އައިސް ޓަނެއް ލިބެން ހުންނާނީ ޖީއެސްޓީއާއި އެކު 985.80 އަށް ކަމަށެވެ.
އަދި މީގެ ކުރިން އެތަނުން އައިސް ޓަނެއް ވިއްކަމުން އައިސްފައިވަނީ 1220 ރުފިޔާ އަށެވެ.
އެ ކުންފުނިން ބުނީ މަސްވެރިންނަށް ވީހާވެސް ހެޔޮ އަގެއްގައި ލުއި ފަސޭހަ ކަމާއި އެކު އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށްޓަކައި 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 5 ން ފެށިގެން ކީކިމިނި ފިޝަރީޒް ކޮމްޕްލެކްސް އިން އައިސް ވިއްކާ އަގަށް ވަނީ ހެޔޮ ބަދަލުތަކެއް ގެނެވިފާކަމަށެވެ.
ކީކިމިނި ފިޝަރީޒް ކޮމްޕްލެކްސް އަކީ ށ. އަތޮޅު ކީކިމިނީގައި އައިލެންޑް އެންޓަރޕްރައިސެސްގެ ފަރާތުން ހިންގަމުން އަންނަ މަސް ފެކްޓަރީއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!