ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 1 ގައި ތައުލީމު ހާސިލް ކުރާ ދަރިވަރުންގެ 'ކްރިއޭޓިވް އާރޓް' މާއްދާ ކިޔަވަދޭއިރު ދަރިވަރުންގެ ފޮތެއް މިއަހަރު ނޯންނާނެ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ވިދާޅުވެއްޖެ އެވެ.

އެ މިނިސްޓްރީން އިއްޔެ ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ ގުރޭޑު 1 ގެ މުޤައްރަރުތައް އިސްލާޙު ކޮށްފައިވާތީ 2021 ގެ ދިރާސީ އާ އަހަރު ގުރޭޑު 1ގައި ކިޔަވައިދިނުމަށް ހަމަޖެހިފައި ވަނީ، މި ގެނެވުނު އިސްލާޙާ އެއްގޮތަށް ތައްޔާރުކޮށްފައިވާ އާ ފޮތް ބައެއްކަމަށެވެ.

Ad
rt

އެގޮތުން މި އަހަރާއި ކުރިއަށް އޮތް އަހަރުތަކުގައިވެސް ގްރޭޑް 1 ގައި ކިޔަވާ ދަރިވަރުންނަށް 'ކްރިއޭޓިވް އަރޓް' ކިޔަވައިދޭނީ މުދައްރިސުންނަށް ޚާއްސަކޮށްފައިވާ މުދައްރިސުންގެ ފޮތް ބޭނުންކޮށްގެން ކަމަށް އެ މަނިސްޓްރީއިން ފާހަގަ ކުރައްވާފަވެއެވެ.

އަދި ކުރެހުމުގެ ނަމޫނާ ދެއްކުމަށް ކްލާސް ގަޑީ، ގްރޫޕްތަކުގައި ބޭނުން ކުރުމަށް ޚާއްސަކޮށްފައިވާ ސައިޒުގެ ގޮތުން ބޮޑު ރެފަރެންސް ފޮތެއްކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

"މި ރެފެރެންސް ފޮތް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ 5 ދަރިވަރުންގެ ގްރޫޕްތަކުގައެވެ." އެ މިނިސްޓްރީގެ ނޫސްބަޔާނުގައި ފާހަގަކުރެއްވިއެވެ.

މި ގޮތަށް މިކަން ނިންމާފައިވަނީ، 'ކްރިއޭޓިވް އާރޓް' އަކީ އެހެން މާއްދާތަކާ ޚިލާފަށް، މާއްދާގެ ފަންނީ ހުނަރުތައް ތަރައްޤީ ކުރުމަށްޓަކައި ގިނަ ޢަމަލީ މަސައްކަތްތަކެއް ކުރުވާ ފަންނީ މާއްދާއަކަށް ވާތީ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.