ހއ. އިހަވަންދޫގައި ބަލީގެ އަލާމަތް ހުރެގެން ޑޯކްޓަރަށް ދެއްކި 2 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އިހަވަންދޫ އައިމިނާދިއޯ ސިއްޙީމަރުކަޒުން ވިދާޅުވި ގޮތުގައި އިއްޔެ އެރަށުން ޕޮޒިޓިވްވެފައި ވަނީ މިމަހުގެ 19 ވަނަ ދުވަހު ފުލޫ އަލާމާތްތަކާއިއެކު އެ މަރުކަޒަށް ޑޮކްޓަރަށް ދެއްކި 11 އަހަރުގެ ކުއްޖަކާއި 44 އަހަރުގެ އަންހެނެކެވެ.

Ad
rt

އެރަށުން އިތުރު ކޭސްތައް ޕޮޒިޓިވް ވަމުންދާތީ، ޑޮކްޓަރަށް ދެއްކުން ފަދަ އެންމެހާ ޚިދުމަތްތައް ހޯދުމުގެ ކުރިން އެ މަރުކަޒުގެ ނަންބަރު 6500501 އަށް ގުޅުމަށްފަހު ދެއްވާ އިރުޝާދާއެއްގޮތަށް އަމަލުކުރުމަށް އައިމިނާދިއޯ ސިއްހީމަރުކަޒުން ވަނީ އެދިލައްވާފައެވެ. އަދި މިކަމަކީ އެރަށުގެ އާންމުންނާއި މަރުކަޒުގެ މުވައްޒަފުންގެ ސަލާމާތާއި ރައްކާތެރިކަމަށްޓަކައި ޢަމަލުކުރަމުން ގެންދާ އުސޫލެއްކަމަށްވެސްް އެ މަރުކަޒުން ވިދާޅުވިއެވެ.

އިއްޔެ ޕޮޒިޓިވްވި 2 މީހުންނާއެކު އެރަށުން މިހާތަނަށް 11 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އޭގެތެރޭގައި، މިމަހުގެ 20 ވަނަ ދުވަހު ޕޮޒިޓިވްވި ރޭންޑަމް ސާމްޕަލް އަކާއި ކުޑަހުވަދޫ ކްލަސްޓަރގެ ޑައިރެކްޓް ކޮންޓެކްޓެއް ހިމެނެއެވެ.

ފުރަތަމަ އެރަށުން ޕޮޒިޓްވެފައި ވަނީ ދ. ކުޑަހުވަދޫން އެރަށަށް ދަތުރުކުރި 4 މީހެއްކެވެ.

ކޯވިޑަށް ޕޮޒިޓިވްވި ބަޔަކާއި، ޑައިރެކްޓް ކޮންޓެކްޓްވި 2 މީހަކު އޯގަސްޓް 16 ވަނަ ދުވަހުގެ ރޭ ޕޮޒިޓިވްވުމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ 17 އޯގަސްޓްއިން ފެށިގެން އެރަށަށް އަރާ ފޭބުން މަނާކޮށްފައެވެ.