މިޑްލް ސްޕޯޓްސް ކްލަބްގެ ފަރާތުން ހއ. ދިއްދޫގައި ބެހެއްޓި ޑަސްބިންތައް އެރަށު ކައުންސިލާއި ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މި ޑަސްބިންތައް ހަވާލުކޮފައިވަނީ މިއަދު އެ ކްލަބްގެ މެންބަރުންނާ ކައުންސިލާއެކު އެ ރަށު ކައުންސިލް އިދާރާގައި ބޭއްވުނު ރަސްމިއްޔާތެއްގަ އެވެ.
އެ ކްލަބްގެ ރަސްމީ ފޭސްބުކް ޕޭޖުގައި މިއަދު އާންމު ކުރި ޕޯސްޓެއްގައި ބުނި ގޮތުން، ކްލަބްގެ ފަރާތުން މިއަދު އެރަށު ބަނދަރުގައި 07 ޑަސްބިން ވަނީ ބަހައްޓާފައެވެ.
މި ޑަސްބިންތަށް ރަސްމީގޮތެއްގައި ކައުންސިލާއި ހަވާލުކޮށްދެއްވީ މިޑްލް ސްޕޯޓްސް ކުލަބުގެ ނައިބު ރައީސް އަހްމަދު އުޝާމަތު އެވެ. އަދި ކައުންސިލްގެ ފަރާތުން ޑަސްބިންތަކާ ހަވާލުވީ ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު އެވެ.
މީގެ އިތުރުން، މިއަދު ބޭއްވުނު ރަސްމިއްޔާތުގައި އެ ކްލަބުގެ ފަރާތުން ދިއްދޫގެ އާންމު ބައެއް ތަންތަނުގައި ބެހެއްޓުމަށް އިތުރު 4 އައު ޑަސްބިން ކައުންސިލާ ހަވާލުކުރެވިފައިވާކަމަށް އެ ކްލަބުން ހާމަކުރިއެވެ.
ރައީސް އަބްދުﷲ ރަޝީދު
♻️މި ރަސްމިއްޔާތުގައި މިކުލަބުގެ ފަރާތުން އާންމު ތަންތަނުގައި ބެހެއްޓުމަށް އިތުރު 4 އައު ޑަސްބިން ވަނީ ކައުންސިލާއި ހަވާލުކުރެވިފަ.
⚠️މިއަދުން ފެށިގެން ޑަސްބިންތަށް ސާފުކޮށް ބަލަހައްޓަމުންދާނީ ދިއްދޫ ކައުންސިލްގެ މުނިސިޕަލް ޔުނިޓުން#މިޑްލްސްޕޯރޓްސްކުލަބް pic.twitter.com/gcljPafuk7— Middle Sports Club (@middlesc_dhidho) August 16, 2021
އަދި މިއަދުން ފެށިގެން ޑަސްބިންތަށް ސާފުކޮށް ބަލަހައްޓަމުންދާނީ ދިއްދޫ ކައުންސިލްގެ މުނިސިޕަލް ޔުނިޓުން ކަމަށްވެސް މިޑްލް ސްޕޯޓްސް ކްލަބުން ފާހަގަކުރިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!