ފުވައްމުލަކުގެ ކަރަންޓުގެ މައްސަލައަށް ފެނަކައިން ވަގުތީ ހައްލެއް ހޯދައިދީފި

Fenaka Saeed

ފުވައްމުލަކު ސިޓީއަށް ދިމާވި ކަރަންޓުގެ މައްސަލައަށް ވަގުތީ ހައްލެއް ހޯދާފައި ވާކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން ބުނެފިއެވެ.

އެ ކުންފުނިން ވަނީ އެ މައްސަލައަށް ވަގުތީ ހައްލެއް ހޯދި ނަމަވެސް، ކޮންމެހެން ބޭނުން ކުރަން ޖެހޭ ކަރަންޓުގެ އާލާތްތައް ނޫނީ މިވަގުތުބޭނުން ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.

ފުވައްމުލަކުން މިއަދު ކަރަންޓުގެ ހިދުމަތް ކެނޑުނީ އެ ސިޓީގައި ބޭނުން ކުރަމުން އައި 2500 ކިލީވޮޓުގެ ޓްރާންސްފޯމާއަށް ދިމާވިޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ. އަދި ކަރަންޓު ކެނޑުމުގެ ސަބަބުން އެ ސިޓީގައި ދެމުން ދިޔަ ފެނުގެ ހިދުމަތަށްވެސްބުރޫއެރިއެވެ.

ފެނަކައިން އޭރު މައުލޫމާތު ދީފައިވާ ގޮތުގައި އެ މައްސަލަ ވީހާވެސް އަވަހަށް ހައްލުކުރުމުގެ ގޮތުން އައްޑޫ ސިޓީން ޓްރާންސްފޯމަރެއްފުވައްމުލަކަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި އެ މައްސަލަ އެއްކޮށް ހައްލު ކުރުމަށް 10 ނުވަތަ 12 ގަޑިއިރު ނަގާނެ ކަމަށް ފެނަކައިންބުންޏެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި