ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސް އެއް ފެނި ހއ. ދިއްދޫ އަނެއްކާވެސް ބަންދު ކޮށްފިއެވެ.

އެރަށު ފުލޫ ކްލިނިކަށް ދެއްކި މީހަކު މިއަދު ޕޮޒިޓިވް ވުމާއި ގުޅިގެން މިހާރު އަންނަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންނެވެ.

Ad
rt

މި ކޭސް އާއި ގުޅިގެން އެރަށް މޮނިޓަރިން އަށް ލާފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން (އެޗްޕީއޭ) އިން ދިއްދޫ ކައުންސިލަށް އެންގީ މިރޭ 20:43 ގައެވެ. އަދި ސިއްޙީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށާއި ރަށް މޮނިޓަރ ކުރުމުގެ ގޮތުން، އެ އެޖެންސީ އިން ވަކި ގޮތެއް އަންގަންދެން ހުއްދަނެތި އެރަށުން އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.

ދިއްދޫއިން ޕޮޒިޓިވް ކޭސްތައް ފެނުމާ ގުޅިގެން އެރަށް މޮނިޓަރިންއަށް މީގެ ކުރިންވެސް ވަނީ ގެނެސްފަ އެވެ. އެ ރަށުގެ ކޮވިޑްގެ ހާލަތާއި ގުޅިގެން އެއްމަސްދުވަސް ވަންދެން އެރަށް މޮނިޓަރިންގަ އޮތުމަށްފަހު އެ ހާލަތުން ވީއްލީ މީގެ 4 ދުވަސް ކުރިންނެވެ.

24 ޖޫންގައި ދިއްދޫގެ ކޮމިއުނިޓީން ކޯވިޑް ފެނުމާއިއެކު އެރަށުން ޖުމްލަ 146 މީހަކު ވަނީ މި ބަލި ޖެހިފައެވެ.