ފުލޫ ކުލިނިކަށް ދެއްކި 13 އަހަރުގެ ކުއްޖަކު ޕޮޒިޓިވް ވުމުން ކުޅުދުއްފުށި ސިޓީ މޮނީޓަރިންއަށް ލައިފި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން މަޢުލޫމާތު ދެމުން ބުނެފައިވަނީ ހުމާއި ރޯގާގެ އަސަރު ހުރެގެން އިއްޔެ ފުލޫ ސާމްޕަލް ނެގުނު 13 އަހަރުގެ ކުއްޖެއް ވަނީ ކޮވިޑް 19 އަށް ޕޮޒުޓިވްވެފައިކަމަށެވެ.

Ad
rt

އެހެންކަމުން މި ކޭސް އާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފެށިފައިވާކަމަށާއި, ކުޅުދުއްފުށި ސިޓީ މިވަގުތުވަނީ މޮނީޓަރިންގ އަށް ލެވިފައިކަމަށް ކޭއާރުއެޗް އިން ބުނެ އެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނެފައިވަނީ އެރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ކުޅުދުއްފުއްޓަށް އެރުން މަނާ ކުރެވިފައިވާކަމަށެވެ.

“ކުޅުދުއްފުށި ސިޓީ މޮނީޓަރިންގ އަށް ލުމާއި ގުޅިގެން ރޭގަނޑު 09:00 އިން ފަތިހު 04:00 އަށް ކާފިއު ހިންގޭނެ”

ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

އެހެންނަމަވެސް ސިއްހީ ފަރުވާ ހޯދުމަށް ކުޅުދުއްފުށި ސިޓީއަށް ދަތުރު ކުރަން ބޭނުންވާ ފަރާތްތަކުން އަމަލު ކުރާނީ 05 ޖޫން 2021 ގައި "ސިއްހީ ބޭނުންތަކަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުމާ ގުޅޭ" ސަރކިއުލަރ އެއްގޮތަށްކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.