ވައިކަރަދޫ “ވައިރޮދިން” ގެ މޫދު ކުޅިވަރު ހަރަކާތައް ބޮޑު ތަރުޙީބެއް

FC59F696-3912-4D77-BDEE-548E79D0958F

  •  
  •  
  •  
  •  
  •  
  •  
  •  

ހދ. ވައިކަރަދޫ “ވައިރޮދިން” ގެ ފަރާތުން ކުރިއަށް ގެންދެވުނު “ސަކަ މަޖާ” މޫދު ކުޅިވަރު ހަރަކާތައް ބޮޑު ތަރުހީބެއްލިބިއްޖެ އެވެ.

ވައިކަރަދޫގައި އޮންނަ މޫދު ކުޅިވަރަށް ލޯބިކުރާ ޒުވާނުންގެ ގުރޫޕެއްކަމަށްވާ “ވައިރޮދިން”، މިއަދު ކުރިއަށް ގެންދިޔަ މި ހަރަކާތަކީ އެ ގުރޫޕުގެ ކުރިއަށް ހިންގަން ހުރި ބޮޑެތި ހަރަކާތްތަކަށް ފަންޑުރައިޒް ކުރުމަށާއި މޫދު ކުޅިވަރުތައް ކުރިއެރުވުމުގެ މަގުސަދުގައި ކުރިއަށް ގެންދެވުނު ހަރަކާތެކެވެ.

މި ހަރަކާތުގައި ރަށުގެ ކުދިބޮޑު ގިނަ ބަޔަކު ވަނީ ބައިވެރިވެ މޫދު ކުޅިވަރުގެ ހިތްގައިމުކަމާއި މަޖާކަން ތަޖުރިބާކޮށްފައެވެ. އަދި ބައިވެރިވި މީހުންނާއި ކުދިންގެ ފަރާތުން މި ހަރަކާތް އިންތިޒާމް ކުރި “ވައިރޮދިން” އަށް ބޮޑު ތަރުހީބެއް ލިބިގެންގޮސްފައިވެ އެވެ.

ހަރަކާތް ހިންގުމުގައި އިސްކޮށް އުޅުނު “ވައިރޮދިން”ގެ މެންބަރަކު “ތިލަދުން” އަށް މައުލޫމާތުދެމުން ބުނީ މި ހަރަކާތަކީ ވަކި އުމުރަކަށް ޚާއްސަ ނުކޮށް ރަށު ރައްޔިތުންނަށް ހުޅުވާލެވިގެން ކުރިއަށްގެންދެވުނު ހަރަކާތެއްކަމަށެވެ. އަދި މިހަރަކާތުގައި ކުރިއަށްގެންދިޔަ ކުޅިވަރުތަކުގެ އެހީތެރިންގެ ގޮތުގައި ހަރަކާތްތެރިވީ “ވައިރޮދިން”ގެ ޓީމުގައި މިފަދަ ކުޅިވަރުތަކުގައި ކުރިއަރަމުން އަންނަ ޒުވާން ކުދިންތަކެއް ކަމަށްވެސް އޭނާ ކިޔައިދިނެވެ.

މިއަދު 9:00 އިން 14:00 އާ ހަމައަށް ކުރިއަށް ގެންދެވުނު ފަންޑް ރައިޒިންގެ މި ހަރަކާތުގައި ޖުމްލަ 3 މޫދު ކުޅިވަރު ހިމެނޭ ކަމަށް ވާހަކަދެއްކި މެންބަރު ކިޔައިދިނެވެ. އެއީ ފަން ޓިއުބް، ވޭކް ބޯޑް އަދި ސްނޯކްލިންއެވެ. މި ކުޅިވަރުތަކުގެ އިތުރުން ހަރަކާތް ހިންގުނު ސަރަހައްދުގައި ބައިވެރިންނަށާއި ހަރަކާތްތައް ބަލަން ގޮސް ތިބޭ ފަރާތްތަކަށް ޚާއްސަކޮށް ކެންޓީނެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ފަން ޓިއުބު ދުއްވާލަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް -/50 ރުފިޔާ އާއި -/120 ރުފިޔާ ދެމެދުގެ އަގުތަކަކަށް އެކުލަވާލައިން 4 ޕެކޭޖެއް މި ހަރަކާތުގައި ހިމެނުނުކަމަށް “ވައިރޮދިން” އިން މައުލޫމާތުދިނެވެ. އަދި -/50 ރުފިޔާ އަށް ވޭކް ބޯޑު ދުއްވާލެވުނުއިރު ރަނގަޅު އެހީތެރިކަމާ ސާމާނާއެކު އެންމެ -/10 ރުފިޔާ އަށް ވައިކަރަދޫގެ މޫދު އަޑި ބަލާލުމުގެ ފުރުސަތު އެ ފަރާތްތަކަށް “ވައިރޮދުން” ވަނީ މިއަދުގެ ހަރަކާތުގައި ހޯދަދީފައެވެ.

“ވައިރޮދިން” ގެ ފަރާތުން ވާހަކަ ދެއްކި މެންބަރު އިތުރަށް ކިޔައިދިން ގޮތުގައި، މިހަރާކާތުން -/4700 ރުފިޔާ ލިބިފާވަކަމަށެވެ. އަދި މި ފަންޑު އެ ޓީމުން ބޭނުން ކުރާނީ ކުޑަކުދިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދެވޭ މޫދު ކުޅިވަރުގެ ކޭމްޕުތަކަށް ބޭނުންވާނޭ ސާމާނުތައް ގަތުމަށް ކަމަށްވެސް އޭނާ ބުންޏެވެ.

މީގެކުރިންވެސް “ވައިރޮދިން” ގެ ގުރޫޕުންވަނީ ކުޑަކުދިންނަށް ޚާއްސަކޮށްގެން ވައިކަރަދޫގައި މޫދު ކުޅިވަރުގެ ކޭންޕުތަކެއް މުޅިން ހިލޭ ކުރިއަށް ގެންގޮސްފައެވެ. ވައިކަރަދޫއަށް ނިސްބަތްވާ މޫދުކުޅިވަރުގެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ލިބިފައިވާ ސަޓިފައިޑް ޓްރެއިންނަރުންނާއި އެކު ކައިޓް ބޯޑު ދުއްވަން ދަސްކޮށްދޭ ކޭންޕަކާއި ވޭކް ބޯޑު ދުއްވަން ދަސްކޮށްދޭ ކޭންޕެއް ކުރިއަށް ގެންގޮސްފައިވެއެވެ.

މީގެ އިތުރުން، ކުޑަކުދިންނަށް ޚާއްސަކޮށްގެން މުޅިން ހިލޭ ފަން ޓިއުބް ދުއްވުމުގެ ހަރަކާތެއްވެސް “ވައިރޮދިން”ގެ ކުޅަދާނަ ޒުވާން ޓީމުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ރަށުގެ މަލަމަތި ރީތިކުރުމުގެ އަޒުމުގައި މި ގުރޫޕުން އިސްވެ ވައިކަރަދޫގެ ގިނަ ރައްޔިތުންތަކަކާއި އެކު “ބީޗް ކްލީން އަޕް” އެއްވެސް މީގެ ކުރިން ވަނީ ބާއްވާފައެވެ.

SAKA MAJAA Event Highlights | 21st July 2021

🎥 FIRU

#mavesrojjeh #vairodhi #sakamajaa #eidevent #Vaikaradhoo

Posted by Vai Rodhin on Wednesday, July 21, 2021

އުފަން ރަށްދެކެ ލޯބިވާ ހުނަރުވެރި ޒުވާން މި ގުރޫޕުގެ ފަރާތުން ކުރިއަށް އޮތްތާވެސް މޫދު ކުޅިވަރުގެ މިފަދަ ހަރަކާތްތައް ބޭއްވިގެން ދާނެކަމަށް “ވައިރޮދިން” އިން ބުނެފައިވެ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި