އީ ޓުކުރި ޓިކްޓޮކް ޗެލެންޖުގައި ބައިވެރިވެ 3000 ރުފިޔާ ހޯދުމުގެ ފުރުސަތު

DA80117E-3C02-4EC1-A583-D0DA9730F023

މޯލްޑިވްސް ޕޯސްޓުގެ އީ ކޮމާސް ޕްލެޓްފޯމް، އީ ޓުކުރިން ޓިކްޓޮކް ޗެލެންޖެއް ފަށައިފިއެވެ.

ޓިކްޓޮކްގައި ކުރިއަށްދާ މި ޗެލެންޖުގައި ބައިވެރިވާން އީޓުކުރިން ދީފައިވާ ތިން މައުޟޫއެއްގެ ތެރެއިން ކޮންމެވެސް އެއް މައުޟޫއަކަށް ވީޑިއޯއެއް ހަދަން ޖެހޭނެއެވެ.

މައުޟޫތަކުގެ ތެރޭގައި ހިމެނެނީ އޮންލައިން ޝޮޕިންގެ ފައިދާ އާއި އޮންލައިން ޝޮޕިންގެ އުކުޅުތަކާއި އީ ޓުކުރިއެވެ.

މި ތިން މައުޟޫއަށް ވީޑިއޯ ހުށަހަޅާ މީހުންގެ ތެރެއިން ދެ ކަމަކަށް ބަލައި ދެ ނަސީބުވެރިން ހޮވާނެއެވެ. އެއީ އެންމެ ގިނައިން ލައިކްސް ލިބޭ މީހާ އާއި އެންމެ އުފެއްދުންތެރި ވީޑިއޯއެވެ. މީގެ ތެރެއިން ކޮންމެ ނަސީބުވެރިއަކަށް 3000ރ. ގެ ފައިސާގެ އިނާމު ލިބޭނެއެވެ.

All Tiktoker, eTukuri is now on TikTok. We are new but we are here with a challenge for you all. Show your skills and...

Posted by eTukuri on Tuesday, July 20, 2021

މި ޗެލެންޖުގައި ބައިވެރިވާން ވީޑިއޯ ހުށަހެޅޭނެ އެންމެ ފަހުގެ ތާރީހަކީ އަންނަ އޯގަސްޓު މަހުގެ 5 ވަނަ ދުވަހެވެ. ހުށަހަޅާ ކޮންމެ ވީޑިއޯއެއްގައި etukuri.mv ޓެގު ކުރަންޖެހޭނެ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *