ދިވެހި ރާއްޖޭގެ ރައީސްއުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ހދ. ކުމުންދޫ އަށް ވަޑައިގެންފި އެވެ.

އެރަށަށް ކުރެއްވި މި ދަތުރު ފުޅަކީ ރައީސް ހދ ގެ 3 ރަަށަކަށް ކުރަށްވާ ދަތުރުފުޅުގެ ތެރެއިން ޒިޔާރަތް ކުރެއްވެވި 2 ވަނަ ރަށެވެ.

Ad
rt

ކުމުންދޫ އަށް ކުރައްވާ މި ދަތުރުފުޅުގައި އެ ރަށު ކަންސިލާ ބައްދަލު ކުރައްވައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމުގެ އިތުރުން ކުމުންދޫ ހޮސްޕިޓަލަށާއި ސްކޫލަށްވެސް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މިދަތަރުފުޅުގައި އިއްޔެވަނީ ކުޅުދުއްފުށި ސިޓީއަށް ޒިޔާރަތް ކުރަށްވާފައެވެ. އެގޮތުން، ހދ. އަތޮޅު ކައުންސިލާއި، ކުޅުދުއްފުށީ ސިޓީ ކައުންސިލް، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގް އިސްވެރިންނާ ވަނީ ބައްދަލުކުރައްވާފައެވެ. އަދި ރައީސް ގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފަޒުނާ އަޙްމަދު ވަނީ ކުޅުދުއްފުށީ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރ (އެފް.ސީ.އެސް.ސީ) އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާވެސް ބައްދަލު ކުރައްވާފައެވެ.

މި ދަތުރުގައި ކުމުންދޫ އަށް ފަހު ދެން ވަޑައިގަތުމަށް ހަމަޖެހިފާވަނީ ހދ. ހަނިމާދޫއަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.