ދިވެހި ރާއްޖޭގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އަށް ޒިޔާރަތް ކުރަށްވާ އެތަނުގެ ހާލަތު ބައްލަވާލައްވައިފި އެވެ.
ރައީސް ކޭއާރްއެޗަށް ޒިޔާރަތް ކުރެއްވީ މިހާރު އެމަނިކުފާނާއި އަނބިކަނބަލުން ތިލަދުންމަތީގެ 3 ރަށަކަށް ކުރަށްވަމުން ގެންދަވާ ދަތުރު ފުޅުގެތެރެއިން ކުޅުދުއްފުށި ސިޓީއަށް މިއަދު ވަޑައިގެންފައެވެ.
ކޭއާރްއެޗްއަށް ކުރެއްވި މިޒިޔާރަތުގައި ރައީސް ވަނީ އެ ހޮސްޕިޓަލުގެ އިސް ވެރިންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ވަނީ މިހާރު އެ ހޮސްޕިޓަލުގައި ދެމުންގެންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރިއަށް ގެންދާ މަސައްކަތްތަކާއި އެ ހޮސްޕިޓަލުގެ އިމާރާތުގެ ކުރަންޖެހޭ މަރާމާތްތަކާ ބެހޭގޮތުން މަޝްވަރާ ކުރަށްވާފައެވެ.
ކޭއާރްއެޗްއިން ހާމަކުރެއްވި ގޮތުގައި ރައީސް ކުރެއްވި މި ޒިޔާރަތުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވީ އެ ހޮސްޕިޓަލުގެ ހެލްތު ސާވިސް މެނޭޖަރ، އަޙްމަދު ދާއީދު އާއި ހޮސްޕިޓަލް ހިންގުމާއި ހަވާލުވެ ހުންނެވި އިސް ވެރިންނެވެ. މި ދަތުރުފުޅުގައި ރައީސް އާއި އެކު އެމަނިކުފާނުގެ އަނބިކަނބަލުން، ފަސްޓްލޭޑީ ފަޒުނާ އަހުމަދާއި ކެބިނެޓުގެ މިނިސްޓަރުންނާއި ބައެއް މަޖިލިސް މެންބަރުން އަދި ސަރުކާރުގެ އިސް މުވައްޒަފުން ބައިވެރިވެވަޑައިގަންނަވައެވެ.
His Excellency President @ibusolih and his retinue consisting of Cabinet Ministers, MPs, and other high profile government officials are being warmly greeted by Manager of Health Services @davidfols, Senior Management, and Staff of Kulhudhuffushi Regional Hospital pic.twitter.com/mbhZMvFGV1
— Kulhudhuffushi Regional Hospital (@KRHmv) July 16, 2021
ކުޅުދުއްފުށި ސިޓީއަށް ކުރަށް ވާ މިދަތުރުފުޅުގައި އެސިޓީގެ ބައެއް ތަންތަނަށް ޒިޔާރަތް ކުރައްވައި، މުއައްސަސާތަކުގެ އިސްވެރިންނާއި އެ އަތޮޅު ކައުންސިލާއި ކުޅުދުއްފުށީ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވަން ވަނީ ހަމަޖައްސައިފަ އެވެ.
President @ibusolih and First Lady Fazna Ahmed visit @KRHmv pic.twitter.com/MHwHZNfH7I
— The President's Office (@presidencymv) July 16, 2021
ރައީސްގެ މި ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީގެ އިތުރުން ހދ. ހަނިމާދޫ އަދި ހދ. ކުމުންދޫއަށް ވެސް ވަޑައިގަތުމަށް ވަނީ ނިންމަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!