ކުރީގެ ރައީސް ޔާމިން އަބްދުލް ޤައްޔޫމް މިނިވަންކޮށް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އިސްތިއުފާ ދެއްވުމަށް ގޮވާލާ ކުޅުދުއްފުށި ސިޓީގައި މުޒާހަރާކޮށްފި އެވެ.
މި މުޒާހަރާ ކުރިއަށް ގޮސްފައިވަނީ ކުޅުދުއްފުށި ސިޓީ އެއަރޕޯޓް ސަރަހައްދުގައި އެސިޓީގެ ބައެއް ރައްޔިތުން އެއްވެތިބެ އަޑުގަދަކުރާ ބޭނުން ކޮށްގެންނެވެ.
މި މިޒާހަރާގައި ރައީސް ޔާމިން މިނިވަން ކުރުމަށް ގޮވާލާ “އިނއޑިއާ އައުޓް” ލިޔެފައިވާ ބެނާތަކެއްވެސް ވަނީ ބޭނުންކޮށްފަ އެވެ. މި އެއްވުން ކުރިއަށް ގެންގޮސްފައިވަނީ ކުޅުދުއްފުށީ އެއަރޕޯޓްގެ ހުޅަނގު ފަރާތުގަ އެވެ.
ހދ.އަތޮޅުގެ ތިން ރަށަކަށް ރައީސް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފުރަތަމަ ވަޑައިގެންނެވީ ކުޅުއްދުއްފުއްޓަށެވެ. މިދަތުރާއި ގުޅިގެން އިތިކޮޅު ފަރާތްތަކުން ވަނީ އަޑު އުފުލާ މުޒާހަރާ ކުރާނެކަމަށް އިޢުލާންކޮށްފަ އެވެ. އެއާއި އެކު ފުލުހުން ބުނެފައިވަނީ އެފަދަ އެއްވުމެއް ކުރިއަށް ނުގެންދިއުމަށް އެދިފަ އެވެ. އެއްވުން ކުރިއަށް ގެންގޮސްފިނަމަ ރޫޅާލާނެކަމަށް ބުނެފައިވީނަމަވެސް އެއްވުން ހުއްޓުވާފަ އެއް ނުވެއެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިންނަށް އެކިފަހަރު މަތިން ވަނީ ނަސޭހަތްތެރިވެފަ އެވެ.
އެއްވެތިބި މީހުންގެ އަޑުތަކަށް މާބޮޑު ސަމާލުކަމެއް ނުދެއްވައި ރައީސް ވަނީ ކާރުކޮޅަށް އަރާވަޑައިގެންފައެވެ.
ރައީސް ޔާމިން މިނިވަންކޮށް، ރައީސް ޞާލިޙު އިސްތިއުފާ ދެއްވުމަށް ގޮވާލާ ކުޅުދުއްފުށީގައި މުޒާހަރާކޮށްފިhttps://t.co/XsyV1M9P36 pic.twitter.com/ErcKuydiUS
— Thiladhun (@thiladhun) July 16, 2021
ކުޅުދުއްފުށީގައި އިހުތިޖާޖުކުރަމުންދިޔަ ފަރާތްތަކުން، ރައީސް ޞާލިޙު ވެރިކަމަށް ވަޑައިގަންނަވަމުން އެ ސިޓީއަށް ވެވަޑައިގެންނެވި ރިޔާސީ ވައުދުތައް ފުއްދަވާފައިނުވާތީ އެކަމުގައި ނުރުހުން ފާޅުކޮށްފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!