ހއ. ކެލާ މާބަނޑު މީހުންނަށް ހާއްސަކޮށްގެން ކެލާ ކައުންސިލާއި، ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ހިންގާ "ނުވަ އުފާ" ޕްރޮގްރާމް ރޭ އިފްތިތާހްކޮށްފި އެވެ.

އެ ޕްރޮގްރާމް އިފްތިތާހްކޮށް ދެއްވީ، ރައްޔިތުންގެ މަޖިލިސްގެ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (ކެލާ އިބްރޭ) އެވެ.

Ad
rt

މި ޕްރޮގްރާމް އިފްތިތާހްކޮށްދެއްވައި މެންބަރު އިބްރޭ ވިދާޅުވީ މި ޕްރޮގްރާމަކީ ކެލާއަށް އަދި ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް މުހިންމު ޕްރޮގްރާމެއް ކަމަށް ދެކި ވަޑައިގަންނަވާ ކަމަށެވެ.

ކެލާ ކައުންސިލްގެ ރައީސް ޢަބުދުﷲ އިންފާޒް "ތިލަދުން"އަށް ވިދާޅުވީ، މި ޕްރޮގްރާމް އަމާޒުކިރެވިފައިވާނީ ކެލާ ރައްޔިތުންގެ ތެރެއިން މާބނޑު އަހެނުންނަށް ކަމަށެވެ. އަދި މި ޕްރޮގްރާމްގެ މަގުސަދަކީ މާނޑު ދުވަސްވަރު މައިމީހާ އަދި ދަރިފުޅަށް ދުޅަހެޔޮ ސިއްހަތެއް ހޯދައިދިނުން ކަމަށެވެ.

"ނުވަ އުފާ" ޕްރޮގްރާމް އިފްތިތާހް ކުރުމަށް ކެލާގައި ރޭ ކުރިއަށް ގެންދިޔަ ހަފުލާގެ ތެރެއިން، ފޮޓޯ: ކެލާ ކައުންސިލް

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ކެލާ ކައުމްސިލް މެންބަރު މުޢައްވަޛް އަބްދުﷲ ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން މައިމީހާ ބަނޑު ބޮޑުވީއްސުރެން ވިހަންދެއް ކޮންމެ މަހަކުވެސް ދުޅަހެޔޮކާނާ ލިބޭނެ ހަދިޔާ ޕެކެއް ފޯރުކޮށް ދެވޭނެ ކަމަށެވެ.

މީގެއިތުރުން ވިހެއުމުގެ ދަތުރައް ކުރާ ހަރަދާއި، 2 މީހެއްގެ ހުރުމާއި، ކެއުން އަދި އަލަށް އުފަވާ ތުއްތު ދަރިފުޅަށް ހަދިޔާ ފޮއްޓެއް ލިބޭނެ ކަމަށް ވެސް އޭނާ ރޭ ވިދާޅުވިއެވެ.

https://thiladhun.wonstasite.com/65913

ކެލާ ކައުންސިލާއި، ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ކެލާގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ގާތަށް ޒިޔާރަތްކޮށް އެ މީހުންގެ ހާލަތު ދެނެގަތުމުގެ ޕްރޮގްރާމެއް ވެސް މިހާރު ވަނީ ފައްޓަވާފައެވެ.

މި ޕްރޮގްރާމަކީ ކެލާ ކައުންސިލުން އިސްނަގައިގެން އެ ރަށުގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އެ މީހުންގެ ބެލެނިވެރިންނާއި ބައްދަލުކޮށް އެ ފަރާތްތަކުގެ ޝަކުވާތައް އަޑައަހައި، އެ ޝަކުވާތަކަށް ލުއި ހޯދައި ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް އެކި ދުވަސްތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ކެލާ ކައުންސިލާއި، ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ ނިންމާފައެވެ.