ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ފޯނުން ގުޅުއްވައި މަޝްވަރާކުރައްވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވި ގޮތުގައި އެ ދެބޭފުޅުން ވެސް ވަނީ، ދެބޭފުޅުންވެސް ބޭނުންފުޅުވާ ތަފާތު މުހިންމު ދާއިރާތަކުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަށްވާފަކަމަށެވެ.
މިބައްދަލުވުމުގައި ރައީސް ޞާލިހު ވަނީ ކޯވިޑް-19 ގެ މި ބަލިމަޑުކަމުގައި އިންޑިއާއިން ވެދެއްވާ އެހީ ތަކަށް ޝުކުރުދަންނަވާފައެވެ. އެގޮތުން، އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ އާންމު ދިރިއުޅުމުގައި ބޭނުންވާނެ މުދަލުގެ ބޮޑު ކޯޓާއެއް ދިނުމާއި އިންޑިއާއިން ރާއްޖެ އަށް ހަދިޔާކުރި 100،000 ޑޯޒުގެ ކޮވިޝީލްޑް ވެކްސިން ފާހަގަކުރެއްވިއެވެ.
ރައީސް އޮފީހުން މައުލޫމާތު ދެއްވާ ގޮތުގައި، މި ފޯނު ކޯލުގައި ރައީސް ޞާލިޙްއާއި، އިންޑިޔާގެ ބޮޑުވަޒީރު މޯދީ ވަނީ އިންޑިޔާގެ އެހީތެރިކަމާއެކު ރާއްޖޭގައި ކުރިޔަށްގެންދާ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ކޯވިޑް ގެ މިހާލަތާއެކުވެސް އިންޑިއާއިން ވެދެއްވާ އެހީތަކުގެ ސަބަބުން ކޯވިޑްގެ ހާލަތުގައި ރާއްޖޭގެ އިގްތިޞާދަށް ލިބިދާނެ ގެއްލުން ތަކަށް ރައްކާތެރިވާން ވަރަށް ބޮޑުތަނުން ފަސޭހަވެގެން ދާކަމަށް ރައީސް ޞާލިހު ފާހަގަ ކުރެއްވިކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
މީގެ އިތުރުން، ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ބައްދަލުވުމުގައި ކޯވިޑް-19ގެ ސަބަބުން އިންޑިއާ އަދި ރާއްޖެއަށް ދިމާވެދާނެ މުހިއްމު މައްސަލަތަކާއި ކޯވިޑްގެ މި ޕެންޑެމިކްގެ ފަހުން ދެ ގައުމުގެ އިގްތިޞާދު ރަނގަޅު ކުރެވޭނެ ގޮތްތަކާމެދު ވާހަކަ ދެކެވުނުކަމަށެވެ.
މި ބައްދަލުވުމާއި ގުޅިގެން ޕީއެމް މޯޑީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯވިޑް-19 ބައްޔާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގާ އިންޑިއާގެ ސަޕޯޓު ރާއްޖެއަށް ލިބޭނެ ކަމުގެ ޔަގީންކަން އަރުވާކަމަށެވެ. އަދި ދެ ފަރާތާ ގުޅުން ހުރި ތަަރައްގީގެ މަޝްރޫއު ތަކާ މެދުވެސް ވަނީ ވާހަކަ ދައްކަވާފަކަމަށް މޯޑި ހާމަކުރެއްވިއެވެ.
މި ފޯނު ކޯލުގައި މޯދީ ވަނީ، އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ރައީސަކަށް ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ހޮވިވަޑައިގަތުމުން ވަރަށް ބޮޑަށް މަރުޙަބާ ވިދާޅުވެފައި ކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!