ބަންގްލަދޭޝް އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރާއްޖޭގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްއާއި ބައްދަލުކުރައްވައިފިއެވެ.

ބަނގުލަދޭޝް އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ރިއަރ އެޑްމިރަލް މުޙައްމަދު ނަޒުމުލް މިއަދު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އާއި ބައްދަލުކުރައްވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވިއެވެ.

Ad
rt

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވުނީ ރާއްޖޭގައި ދިރިއުޅޭ ބަނގުލަދޭޝް ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް ކުރެވިދާނެ ކަންކަމާގުޅޭ ގޮތުންކަމަށް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވެއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ އާބާދީގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާ ކުރަނީ ބަންގްލަދޭޝްގެ މަސައްކަތް ތެރީންނެވެ.

ރާއްޖޭގެ ހުރިހާ ސިނާއަތެއްގައިއާއި، ކުރާ އެކި ޒާތުގެ މަސައަކަތްތަކުގައިހެން އެ ގައުމުގެ މަސައްކަތްތެރީންގެ ބައިވެރިވުން އޮވެއެވެ.