ރަށު ކައުންސިލްތަކުން ފޮނުވަންޖެހޭ 2021 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ތަފްޞީލު ރިޕޯޓް ކަނޑައެޅިފައިވާ ތާރީޚަށް ފޮނުވީ ހދ. އަތޮޅުގެ 11 ރަށެއްގެ ކައުންސިލުން ހދ. އަތޮޅު ކައުންސިލުން ވިދާޅުވެއްޖެއެވެ.
ހދ. އަތޮޅު ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 105 ވަނަ މާއްދާގެ (ހ) ގައި، ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ކުރިން، އެއަހަރެއްގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ތަފްޞީލު ރިޕޯޓު، އެރަށެއް ނިސްބަތްވާ އަތޮޅެއްގެ އަތޮޅު ކައުންސިލަށް ފޮނުވަންވާނެކަމަށް ބަޔާން ކޮށްފައި ވާކަމަށެވެ.
މިގޮތުން ކަނޑައެޅިފައިވާ ތާރީޚަށް، ހދ. އަތޮޅުގެ ރަށު ކައުންސިލްތަކުން 2021 ވަނަ އަހަރު، ފުރަތަމަ 6 މަސްދުވަހު ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ތަފްޞީލު ރިޕޯޓު، އެ އިދާރާއަށް ފޮނުއްވާފައި ވަނީ 11 ރަށެއްގެ ރަށު ކައުންސިލުން ކަމަށެވެ.
އެ ކައުންސިލް ތަކަކީ:
- ފިނޭ ކައުންސިލްގެ އިދާރާ
- ނައިވާދޫ ކައުންސިލްގެ އިދާރާ
- ހިރިމަރަދޫ ކައުންސިލްގެ އިދާރާ
- ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
- ނެއްލައިދޫ ކައުންސިލްގެ އިދާރާ
- ނޮޅިވަރަން ކައުންސިލްގެ އިދާރާ
- ކުރިނބީ ކައުންސިލްގެ އިދާރާ
- ކުމުންދޫ ކައުންސިލްގެ އިދާރާ
- ނޭކުރެންދޫ ކައުންސިލްގެ އިދާރާ
- ވައިކަރަދޫ ކައުންސިލްގެ އިދާރާ
- މަކުނުދޫ ކައުންސިލްގެ އިދާރާ
ހދ. އަތޮޅު ކައުންސިލުން ވަނީ، 2021 ވަނަ އަހަރު، ފުރަތަމަ 6 މަސްދުވަހު ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ތަފްޞީލު ރިޕޯޓު، ޤާނޫނުގައިވާ ތާރީޚަށް ފޮނުއްވާފައިވާ ކައުންސިލްތަކުން، ޤާނޫނީ ޒިންމާ އަދާކުރައްވާފައިވާތީ އެކަމަށް ޝުކުރު އަދާކުރަށްވާފައެވެ.
ޤާނޫނުގައިވާ ތާރީޚަށް ފުރަތަމަ 6 މަސްދުވަހު ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ތަފްޞީލު ރިޕޯޓު ނުފޮނުވާ ހދ. އަތޮޅުގެ ހަމައެކަނި ރަށު ކައުންސިލަކީ، ހދ. ހަނިމާދޫ ކައުންސިލެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!