މިޑްލް ސްޕޯޓްސް ކުލަބުން ހއ. ދިއްދޫގެ ހުރިހާ ސަރުކާރުގެ މުއައްސަސާތަަކަކަށް މާސްކު ހަދިޔާކޮށްފިއެވެ.

ތިލަދުން އަށް މަޢުލޫމާތުދެއްވަމުން އެކުލަބުން ބުނެފައިވަނީ، އިއްޔެ އާއި މިއަދު ކުރިއަށްދިޔަ މި ހަރަކާތުގައި ހަދިޔާ ކޮށްފައިވަނީ ދެވަނަ ފަހަރަށްވެސް ބޭނުން ކުރެވޭނެގޮތަށް ފޮތިން ހަދާފާ ހުންނަ މާސްކުތަކެއްކަމަށެވެ

Ad
rt

އިއްޔެ މާސްކު ހަދިޔާކުރި މުއައްސަސާތަކުގެ ތެރޭގައި ހިމެނެނީ ދިއްދޫ ޕޮލިސް ސްޓޭޝަން، ހއ. އެޓޯލް އެޑިއުކޭޝަން ސެންޓަރ، ހއ. އަތޮޅޫ ކައުންސިލްގެ އިދާރާ، ދިއްދޫ ކައުންސިލްގެ އިދާރާ، ޖެންޑަރ، ފެނަކަ، ޕޯސްޓް އޮފީސް އަދި ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ހަދިޔާކުރެވިފައެވެ.

އަދި މިއަދުގެ ވަގުތެއްގައި ވަނީ ހއ. އަތޮޅު ހޮސްޕިޓަލަށް އެ ކުލަބުން ފޮތި މާސްކު ހަދިޔާކޮށްފައެވެ. މީގެ ކުރިންވެސް އެ ކުލަބުންވަނީ އެރަށުގެ އެހެން މުވައްސަސާތަކަށްވެސް މާސްކު ހަދިޔާކޮށްފަ އެވެ. މިއާއި އެކު އެރަށުގެ ހުރިހާ މުވައްސަސާތަކަށް މާސްކު ހަދިޔާ ކުރެވިފައިވާކަމަށް މަޢުލޫމާތު ދެއްވި އެވެ.

އެކުލަބުން ބުނީ މިކަން މިގޮތަށް ކުރީ އެ މުއައްސަސާތަކުގެ ސްޓާފުން އެ ރަށާއި ގައުމަށް ކޮށްދޭ މިންނަތް މަސައްކަތާއި ދެއްވާ ޚިދުމަތާއި ވާ ގުރުބާނީގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.

މީގެ އިތުރުން، ދިއްދޫގައި ހިންގާ ހުރިހާ ފިހާރައްކަށްވެސް މާސްކު ހަދިޔާ ކުރެވުނުކަމަށް އެ ކުލަބުން ބުނެފައިވެއެވެ.

ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބަކީ ދިއްދޫގެ އިޖުތިމާއީ ހަރަކާތްތައް ހިންގުމުގައި ފާހަގަކޮށްލެވޭ އެކްޓިވް ކުލަބެކެވެ. ކޯވިޑް19 އާއި ގުޅިގެން އެރަށަށް ދިމާވި އެކި އެކި ކަންކަމުގައި އެކުލަބުގެ ފަރާތުވަނީ އިސްދައުރެއް އަދާކޮށްފަ އެވެ. މީގެ އިތުރުން ޒުވާނުންނާއި ކުޅިވަރު ކުރިއެރުވުމަށް ގިނަ ހަރަކާތްތަކެއް އަންނަނީ ވަރުބަލިކަމެއް ނެތި ހިންގަމުންކަން ފާހަގަކޮށްލެވެއެވެ.