ހއ. އިހަވަންދޫގެ ގިނައަދަދެއްގެ މީހުންނަށް ސްކޭމް ކޯލްތަކެއް ކުރާތީ އެކަމަށް ސަމާލުވުމަށް އެ ރަށު ކައުންސިލުން އަންގައިފިއެވެ.
އިހަވަންދޫ ކައުންސިލުން މިއަދު އާންމު ކުރިގޮތުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ރަށުގެ ގިނަ ޢަދަދެއްގެ މީހުންނަށް މޮބައިލް ނަންބަރަކުން ފޯންކޯލްތައް ލިބަމުން އެބަދެއެވެ.
އަދި މިކަމުގެ ޝަކުވާ އިހަވަންދޫ ޕޮލިސް ސްޓޭޝަނަށް ލިބިފައިވާ ވާކަމަށް އެސްޓޭޝަނުން އެކައުުންސިލަށް މައުލޫމާތުދީފާވާކަމަށް ފާހަގަކުރިއެވެ.
ގޮތް ނޭނގޭ ނަންބަރުތަކުން އަންނަ މިފަދަ ކޯލްތަކަށް ސަމާލުވުމަށާއި، ފައިސާ އާއި ގުޅުންހުރި މުޢާމަލާތްތައް ކުރާއިރު ސަމާލުވުމަށް އެ ކައުންސިލުންވަނީ އެ ރަށު ރައްޔިތުންނަށް އަންގާފައެވެ.
އަދި ފަހަކަށް އައިސް މިފަދަ ސްކޭމް ކޯލްތައް އަންނަނީ އިތުރުވަމުންނެވެ. އޫރިދޫ ނުވަތަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ފަދަ ތަންތަނުގެ ނަމުގައި ގުޅާ މިފަދަ ކޯލްތައް ވަރަށް ގިނައެވެ.
އަދި މި ކަންކަމާ ގުޅިގެން ބީއެމްއެލް އިން ވަނީ ފައިސާގެ މައުލޫމާތެއް ހޯދާކަށް ނުގުޅާނެކަން ތަކުރާރުކޮށް އަންގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!