ފަޓޯ ސްޕޯޓްސް އެކަޑާމީ އިން ހދ. ނެއްލައިދޫގައި ޤުރުއާން މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
އެ އެކަޑަމީ އިން އިއްޔެ ހާމަކުރި ގޮތުގައި މި ހިންގައި ޖުލައި މަހުގެ 11 ވާ އާދިއްތަ ދުވަހު، ނެއްލައިދޫ ކައުންސިލާ ގުޅިގެން ސުކޫލް ކުދިންނަށް ޤުރުއާން މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ.
އެގޮތުން، މުބާރާތުގައި ބައިވެރިވާން ބޭނުންވާ ނެއްލައިދޫ ސުކޫލުގެ ދަރިވަރުން މިމަހުގެ 8 ވަނަ ދުވަހު ގެ ކުރިން 7986323 / 7890546 އަށް ގުޅުއްވާ ނަންނޯޓު ކުރުވޭނެކަމަށާއި އަދި އެރަށުގައި ފަޓޯ ސްޕޯޓްސް އެކަޑަމީ އިންނަ ފިނިފެންމާގެއަށް ދުރުވެގެންވެސް ނަން ނޯޓު ކުރެވޭނެކަމަށްވެސް އެ އެކަޑަމީން ހާމަކުރިއެވެ.
މި މުބާރާތުގެ އުމުރުފުރާތަކަކީ.
- އެލް.ކޭ.ޖީ / ޔޫ.ކޭ.ޖީ ( 4 އަހަރުން ދަށް)
- 6 އަހަރުން ދަށް
- 7 އަހަރުން ދަށް
- 9 އަހަރުން ދަށް
- 12 އަހަރުން ދަށް
- 13 އަހަރުން ދަށް
- 16 އަހަރުން ދަށް
- 19 އަހަރުން ދަށް
- ހާއްސަ އެހީ އަށް ބޭނުންވާކުދިން ( ވަކި އުމުރުފުރާއެއް ނެތި އެފަދަ ކުދިންނަށް ޙާއްސަ ކެޓަގެރީއެއް)
މީގެއިތުރުން، މި މުބާރާތުގެ ކިޔެވުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 އިން ހެނދުނު 11:45 އަށް ކަމަށާއި އަދި ކިޔަވަން ހާޒިރުވާން ޖެހޭނީ އެދަންފަޅިއެއްގައި ކިޔެވުމަށް ހަމަޖެހިފައިވާކުދިން އެކަނިކަމުގައި އެ އެކަޑަމީން ފާހަގަ ކުރިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!