ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) މައި ހިއްސާދާރު ކަމަށްވާ އެމެރިކާގެ ބެއިން ކެޕިޓަލް އިން، އެ ކުންފުނީގެ މެޖޯރިޓީ ހިއްސާ ކާލައިލް ގްރޫޕް އިންކޯޕަރޭޓެޑްއަށް ވިއްކާލައިފިއެވެ.
ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ކާލައިލް އަށް ވިއްކާލި އިރު، ހިއްސާގެ ބައެއް ކިންގް ސްޓްރީޓް ކެޕިޓަލް މެނޭޖުމަންޓާއި ޑޭވިޑްސަން ކެމްޕާ ކެޕިޓަލް މެނޭޖުމަންޓަށް ވެސްވަނީ ވިއްކާަލައިފައެވެ.
ޓީއެމްއޭގެ ހިއްސާ ވިއްކާލިކަން އެ ކުންފުނިން އިއުލާން ކުރި ނަމަވެސް ވިއްކާލި އަގުތައް ހާމައެއް ނުކުރެއެވެ.
ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ވިއްކާލާފައިވަނީ ކޯވިޑް-19 ގެ ސަބަބުން ފަތުރުވެރިކަން ހުއްޓި ލިބުނު ގެއްލުމުގެ ސަބަބުންނެވެ. ދުނިޔޭހެ އެއާލައިން އިންޑަސްޓްރީގެގިނަ ކުންފުނިތަކަށް މިދިޔަ ދޮޅު އަހަރު ތެރޭގައި ވަނީ މިފަދަ ގެއްލުންތަކާ ކުރިމަތިވެފައެވެ.
ޓީއެމްއޭގެ ސީއީއޯ އޭޔޫއެމް ފައުޒީ ވިދާޅުވެފައިވާ ގޮތުގައި ކާލައިލްއަށް ހިއްސާ ވިއްކުމުން ޓީއެމްއަށް ކުރިއެރުން ލިބޭނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!