ހއ. ދިއްދޫ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ، އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ.
މެއި 1 ވަނަ ދުވަހު ބަލީގެ އަލާމަތް ފެނިގެން އެރަށު ފްލޫ ކްލިނިކަށް ދެއްކި، ޓްރެވަލް ހިސްޓްރީއެއް ވެސް ނެތް މީހަކު ޕޮޒިޓިވްވުމުން އެފަހަރު އެރަށް މޮނިޓަރިން ހާލަތުގައި 34 ދުވަހު އޮތެވެ.
ދިއްދޫ ފްލޫ ކްލިނިކަށް ދެއްކި މީހެއް އަނެއްކާވެސް ޕޮޒިޓިވްވިއިރު، ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު "ތިލަދުން" ވިދާޅުވީ މިއަދު ޕޮޒިޓިވްވިކަން އިނގުނީ ބަލީގެ އަލާމާތް ހުރެގެން އެރަށު ފްލޫ ކްލިނިކަށް ދެއްކި މީހެއް ކަމަށެވެ.
"އޭނާގެ ކިބައިން 14 ވަނަ ދުވަހު ބަލީގެ އަލާމާތް ފެންނަން ފެށިކަމަށް ވަނީ، 21 ވަނަ ދުވަހު ޓެސްޓް ހެދީ، މިއަދު ނަތީޖާ ލިބުނުއިރު ޕޮޒިޓިވް" ޢަބުދުﷲ ރަޝީދު ވިދާޅުވިއެވެ.
އެމީހާ ޕޮޒިޓިވްވުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބަލަންޖެހޭ އިތުރު ކަންކަން ބެލުމުގެ ގޮތުން މިއަދު ހެނދުނު 11:10އިން ފެށިގެން އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައެވެ.
ދިއްދޫ ފްލޫ ކްލިނިކަށް ދެއްކި މީހެއް ޕޮޒިޓިވް ވުމުން، މިހާރު ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ފަށާފައިވާ ކަމަށް ދިއްދޫ ކައުންސިލުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!