ށ. ކަނޑިތީމު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން އިއްޔެ ހާމަކުރި ގޮތުގައި މި ކަމަށް ޝައުގުވެރި ވެލައްވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވައިލެވިފައެވެ.

Ad
rt

މިކަމާގުޅޭ މަސައްކަތުގެ ތަފްސީލާއި ޝައުގުވެރި ވެލައްވާފަރާތްތަކުގެ ޝަރުތުތަކާއި އަދި އެ ފަރާތްތަކަށް މާކްސް ދޭނެ ގޮތުގެ ތަފްސީލް އެއިޢުލާނާއި އެކު ލިބެން ހުންނާނެކަމަށް ވެސް އެ މިނިސްޓްރީން ފާހަގަކުރިއެވެ.

އަދި މިކަމަށް އަންދާސީ ހިސާބު ހުށަހަޅާނީ އަންނަ ޖުލައި މަހުގެ 4 ވާ އާދިއްތަ ދުވަހުގެ 12:00 ކުރިން ވެލާނާގޭ 3 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަށްށެވެ.

ކަނޑިތީމުގައި ފުޓްބޯޅަ ދަނޑު އެޅުމަށް 2021 ގެ ބަޖެޓް ގައިވަނީ 3,500,000.00 ރ ހިމަނާފަ އެވެ. އަދި އަންނަ އަހަރުގެ ބަޖެޓްގައި 3,000,000.00 ރ ހިމަނާނެކަމަށް ސަރުކާރުން ބުނެއެވެ.

އަންނަ މަހުގެ 15 ދުވަހު ފެށޭނެކަމަށް ލަފާކުރާ މިކަމަކީ ދިވެހި ސަރުކާރުގެ ޑޮމެސްޓިކް ބަޖެޓްއިން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫޢުއެކެވެ.