ރާއްޖޭގައި އެއްރަށުން އަނެއްރަށަށް ދަތުރުކުރުމުގެ ހުއްދަ ސަރުކާރުން ދެއްވައިފިއެވެ.
ސަރުކާރުން މިހެން ނިންމީ މިދިޔަ މަހު ކޮވިޑް-19 ބަލީގެ ކޭސްތައް ގިނަވުމައި ގުޅިގެން ރަށްރަށަށް ދަތުރުން މެދުކަނޑާލާފާ އޮތުމަށް ފަހުއެވެ.
އެޗްއީއޯސީގައި ރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ ކުރިއެކޭވެސް އެއްފަދައިން ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން އެއް ރަށުން އަނެއްރަށަށް މިހާރު ދަތުރު ކުރެވޭނެ ކަމަށެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ މިކަން މިގޮތަށް ނިންމުނު ނަމަވެސް، ންމޮނީޓަރިންގައި ހުންނަ ރަށްތަކަށް އަދިވެސް އަރާ ފޭބުން މަނާކަމަށެވެ.
ގެސްޓްހައުސް ހުރި ރަށްތަކުން އެހެން ރަށްރަށަށް ދަތުރު ކުރާނަމަ، ކުރީއޮތް ގަވައިދު އަދިވެސް ހިނގާނެކަމަށް ތަރުޖަމާނު ފާހަގަކުރެއްވި އެވެ.
ރޭ ބޭއްވުނު ބައްދަލުވުމުގައި ވަނީ މާލޭގަ އެޅިފައި ހުރި ފިޔަވަޅުތަކަށްވެސް ލުއި ދޭން ނިންމާފައެވެ. އެގޮތުން މާދަމާއިން ފެށިގެން މާލޭ ސަރަހައްދުގެ ކާފިއު ވަގުތަކީ، ހަވީރު 6 އިން ފަތިހު 4 އަށެވެ. މީގެ އިތުރުން ފަތިހު 5:00 އިން އިރުއޮއްސި 6:00 އާ ހަމައަށް ޖިމްތައް ހުޅުވަން ހުއްދަ ދޭން ވެސް ވަނީ ނިންމައިފަ އެވެ. އެގޮތުން، ހުއްދަ ދެވޭނީ ސެލޫންތަކެކޭ އެއް ފަދައިން އެޗްޕީއޭގެ ފިޔަވަޅުތަކަށް ތަބާވެވޭނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމުން ކަމަށް މަބްރޫކު ވިދާޅުވި އެވެ.
މާލެ ސަރަހައްދުގެ ކާފިއު ވަގުތު ކުޑަކޮށް ބައެއް ލުއިތަށް ދިންއިރު ރާއްޖޭގެ ކޯވިޑަށް ޕޮޒިޓިވްވާ ނަންބަރު އަންނަނީ ދަށް ވަމުންނެވެ. މިގޮތުން އިއްޔެ ރާއްޖެއިން ޕޮޒިޓިވްވެފައި ވަނީ 145 މީހެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!