ކުޅުދުއްފުށި ސިޓީން މިއަދު ގެއްލިގެން ފުލުހުން ހޯދަމުން ދިޔަ ޒުވާނާ ފެނިއްޖެކަމަށާއި އޭނާގެ ހާލު ރަނގަޅުކަމަށް ފުލުހުން ބުނެފިއެވެ.

ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރުމާ ގުޅިގެން ހޯދަމުން ދިޔައީ ހދ. ކުޅުދުއްފުށި / ރިންސޯ، އަބޫބަކުރު އިބްރާހީމް (20އ) އެވެ. މިޒުވާނާ ފެނިފައިވަނީ މާލެއިންނެވެ.

Ad
rt

ފުލުހުން ވަނީ އެ ޒުވާނާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

އަބޫބަކުރު އިބްރާހީމްގެ ޚަބަރެއް އެންމެ ފަހުން ވީއިރު އޭނާ ދިރިއުޅެމުން ދިޔަ ރައްޓެއްސަކާއެކު މާލޭގައި ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދެއްވާފައިވާކަމަށް ހާމަކޮށްފައިވެއެވެ.

މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން އާއިލާއަށް އޭނާގެ އެއްވެސް ހަބަރެއްނުވާކަމަށާއި ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް މިކަން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރިޔަށް ގެންދިއައެވެ. އާއިލާގެ ފަރާތުން ފުލުުހުންނަށް ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާފައިވެއެވެ.

އަބޫބަކުރު އިބްރާހީމް ހޯދުމަށް ފުލުހުންގެ މީސްމީޑިއާގެ ޕޯސްޓު ޝެއާރ ކުރި ފަރާތްރަތަކަށް ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.