ނަފުރަތުގެ އަމަލު ހުއްޓުވުމުގެ ނަމުގައި ރައްޔިތުން މަޖިލީހަށް ބަލައިގަނެ މިހާރު ކޮމެޓީގެ މަރުހަލާގައިވާ ބިލު، އެ އޮތްގޮތަށް ޤާނޫނީ ބާރު ލިބިގެން ގޮސްފިނަމަ އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނަށް އެ ޤާނޫނުން ހިމާޔަތް ހޯދިދާނެކަމަށް ޤަބޫލްކުރެވޭތީ އެކަމާއި ކަންބޮޑުވާކަން ހާމަކުރުމުގެ ގޮތުން ށ.ފޯކައިދޫ ކައުންސިލުން ބަޔާނެއް ނެރެފިއެވެ.

މިކަން ހާމަކޮށް 20 ޖޫން 2021 ވީ އާދީއްތަ ދުވަހު އެ ކައުންސިލުން ބަޔާން ނެރެފައިވަނީ އެ ކައުންސިލުގެ ފަސް މެމްބަރުން ވެސް ސޮއި ކުރައްވާފައެވެ.

Ad
rt

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޤާނޫނު ނަންބަރު 2014/09 (ދިވެހިރާއްޖޭގެ ޤާނުނުލް ޢުޤޫބާތު) ގެ 123 ވަނަ މާއްދާގެ ފަހަތަށް، 124 ވަނަ މާއްދާގެ ގޮތުގައި އިތުރުކުރަން ހުށަހެޅިފައިވާ އިސްލާހުތަކާއި ގުޅޭ ބިލް ފަރުމާކުރެވިފައިވާ ގޮތުން، އެބިލް ފާސްވެ ޤާނޫނެއްގެ ގޮތުގައި ބޭނުންކުރަން ފެށިއްޖެނަމަ، އިސްލާމްދީނަށް ފުރައްސާރަކުރާ މީހުން، ހިމާޔަތާއި ރައްކާތެރިކަން ހޯދުމަށް، އެ ޤާނޫނުގެ ބޭނުން

ހިފަމުން ދާނެކަމަށް މިކައުންސިލަށާއި، ރަށުގެ ލޮބުވެތި ރައްޔަތުންނަށް ޤަބޫލުކުރެވޭކަމަށެވެ

މުންކަރާތްތައް ނަހީކުރުމަކީ އިސްލާމްދީނުގެ އެންމެ މުހިންމު އެއް އަސާސްކަމަށް ވީހިނދު، މިބިލު ފަރުމާކުރެވިފައިވަނީ އެ ދޮރު ބަންދު ވެގެންދާ ގޮތަށްކަމަށް ޢިލްމުވެރިން ވިދާޅުވަމުން ދާއިރު، މިފަދަ ކޮންމެ ކަމެއްގައި ޢިލްމުވެރިންގެ ބަސްހޯދައި، ޤާނޫނަށް ގެނެވޭ އިސްލާހު ތަކަކީ މާތްވެގެންވާ އިސްލާމް ދީނާއި ދީނުގެ އަސާސްތަކާއި އެއްގޮތަށް ގެނެވޭ އިސްލާހުތަކެއްކަން ކަށަވަރު ކުރުމަށް ރައްޔިތުންގެ

މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުންނަށް އެ ކައުންސިލުން ވަނީ ގޮވާލާފައެވެ.

މިހާތަނަށް މި ބިލު އަނބުރާ ގެންދިއުމަށް އެދި ރާއްޖޭގެ 100 އަށް ވުރެ ގިނަ ކައުންސިލުން ވަނީ ބަޔާން ވެސް ނެރެފައެވެ. އަދި މީގެއިތުރުން ރާއްޖޭގެ 101 ދީނީ ޢިލްމުވެރިއަކު ސޮއި ކުރައްވައި މި ބިލު އަނބުރާ ގެންދިއުމަށް އެދި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ. މީގެއިތުރުން ރާއްޖޭގެ ބައެއް މަދަނީ ޖަމްއިޢްޔާ ތަކުން ވެސް މި ބިލާއި ދެކޮޅަށް މިހާރު ވަނީ ބަޔާންތައް ވެސް ނެރެފައެވެ.