ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހދ. ކުޅުދުއްފުށި ސިޓީ އަނެއްކާވެސް މޮނިޓަރިންގެ ހާލަތައް ގެނެސްފިއެވެ.
އެސިޓީ މޮނިޓަރިން ހާލަތަށް ގެނައީ މިއަދު ފުލޫ ކުލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން، އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށެވެ.
މިމީހާ އަކީ މާލެ ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއެއްކަމަށް މަޢުލޫމާތުލިބިފައިވެއެވެ. ބަލީގެ އަލާމަތްތައް ހުރެގެން އެމީހާ ވަނީ ކޭއާރުއެޗުގެ ފުލޫ އޯޕީޑީއަށް ދައްކާފަ އެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ، އެސިޓީ މޮނީޓަރިންގެ ހާލަތަށް ގެންސްފައިވަނީ އިއްޔެ (9 ޖޫން2021) ގެ 23:53 ގައި ކަމަށެވެ.
އެކައުންސިލުން އިތުރަށް ވިދާޅުވީ. ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ކުޅުދުއްފުއްޓަށް އެރުން މަނާ ކުރެވިފައިވާކަމަށެވެ.
މީގެ ކުރިން، މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ކުޅުދުއްފުށި ސިޓީ މޮނިޓަރިންގެ ހާލަތައް ގެނެވިފާވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!