ނަރުދޫ ރައްޔިތުންގެ ފަރާތުން ގޮއިދޫ ރައްޔިތުންނަށް އެހީތެރިކަމެއް!

195833594_1716888415179021_5186023895325941260_n

ކޯވިޑް-19 އަށް ޕޮޒިޓިވް ކޭސް ތަކެއް ފެނުމާ ގުޅިގެން މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތް ށ. ގޮއިދޫ ރައްޔިތުންނަށް އެ އަތޮޅު ނަރުދޫ ރައްޔިތުން އެހީތެރިކަމެއް ފޯރުކޮށްދީފި އެވެ.

ގޮއިދޫއިން ރެންޑަމް ސާމްޕަލްތަކެއް ޕޮޒިޓިވްވުމުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕިއޭ) އިން އެރަށް މޮނިޓަރިން ހާލަތަށް ގެނައީ މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހުއެވެ.

މިހާލަތުގައި ގޮއިދޫގެ ރައްޔިތުންނަށް ނަރުދޫން މިފޯރުކޮށްދިން އެހީގެ ކަންކަން އިންތިޒާމުކުރީ ނަރުދޫ ކައުންސިލާއި އަދި އެ ރަށު ކޯވިޑް-19 ޓާސްކު ފޯސް ގުޅިގެންނެވެ.

"ތިލަދުން" އާ ވަހަކަ ދައްކަމުން ނަރުދޫ ކައުންސިލް ގެ ރައީސް މުޙައްމަދު މުސްތަރުޝިދު ވިދާޅުވީ ގޮއިދޫއަށް އެހީތެރިވާން ނިންމައި، އެކަން ރައްޔިތުންނަށް އެންގިތާ ކުޑަ ވަގުތުކޮޅެއްގެ ނަރުދޫ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންދިޔަ ކަމަށދެވެ.

މިގޮތުން މިއަދު ގޮއިދޫއަށް އެހީތެރިވުމަށް ހަރަދުކުރި ހުރިހާ ފައިސާ އަކީ ނަރުދޫ ރައްޔިތުންގެ ފަރާތުން ދިން އެހީ އެއްކަމަށާއި ހަަމައެކަނި ނަރުދޫ ކައުންސިލް އިދާރާއިން ހަރަދުކުރީ، އެހީގެ ސާމާނު ގެންދަން ކުރި ދަތުރަށް ކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

"ގޮއިދޫ ގެ ކޮންމެ ގޭބީސީ އަކަށް ނަރުދޫއިން ފޮނުވި އެހީ ޕެކޭޖުތަކުގައި ފެންކޭހަކާއި، ޕާނާއި، ބިސްކޯދު އަދި ސުޕެގެޓީ ފަދަ ތަކެތި ހިމެނޭނެ"

މުސްތަރުޝިދު މައުލޫމާތު ދެއްވިއެވެ.

އިތުރަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ށ. އަތޮޅުގެ މޮނިޓަރިން ހާލަތުގައި ތިބި ރަށްތަކަށް އެހީވާން ބެނުންވި ނަމަވެސް ގޮއިދޫ އަށް އެހީވުމަށް ނިންމެވީ ނަރުދޫގައި ހުރިހާ ރަށަކަށް އެހީވެވޭނެ ޤާބިލުކަން މިވަގުތު ނެތުމާއެކު އެ ރަށް މޮނިޓަރިންގެ ހާލަތުގައި އޮތްއިރު އެ ރަށަަށް އެންމެ ބޮޑު އެހީއެއްވެދިން ރަށްތަކުގެ ތެރެއިން މިވަގުތު މޮނިޓަރިންގަ އޮތީ ގޮއިދޫ ކަމަށްވީތީ އެވެ.

މީގެ ކުރިން ނަރުދޫއިން ކޮވިޑް ކޭސް ތަކެއްފެނުމާއި ގުޅިގެން ފުރަބަންދުކުރުމުން ގޮއިދޫ ޒުވާނުން ވަނީ ނަރުދޫގެ ކޮންމެ ގޭ ބިސީއަކަށް 4 ކިލޯ ރޯމަސް ހަދިޔާ ކޮށްފައެވެ.

މީގެ އިތުރުން ށ. ފޭދޫއިން ވެސް ވަނީ ގޮއިދޫ ރައްޔިތުންނަށް ކާބޯތަކެއްޗާއި ރޯ މަސް ހަދިޔާކޮށްފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި